ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިމްރާން ތުރުކީއަށް ދިޔައީ ޓައިގަރ 03 ގެ ޝޫޓިންގއަށް؟

“އަހަރެން ދުވަހަކުވެސް ބުނެފައެއް ނޯންނާނެ އަހަރެން ޓައިގަރ 3 ގައި މަސައްކަތް ކުރާނަމެކޭ! އަހަރެން މިބުނަނީ އަހަރެންގެ އެއްވެސް އަތެއް އެ ފިލްމަކު ނޯންނާނޭ!” މިހެން ބުނި ބޮލީވުޑްގެ އެކްޓަރު އިމްރާން ހާޝްމީ “ޓައިގަރ 03″ގެ ޝޫޓިންގއަށް ތުރުކީއަށް ގޮސްފިއެވެ.

އިންޑިއާގެ ޔާޝް ރާޖް ފިލްމްސް (ވައި.އާރު.އެފް)ގެ ޕްރޮޑަކްޝަންގެ ދަށުން ގެނެސްދޭން ހަމަޖެހިފައިވާ ފިލްމު “ޓައިގަރ 03” އަށް ރަޝިއާގައި ނަގަން ޖެހޭ މަންޒަރުތައް ނެގުމަށްފަހު ސަލްމާން ޚާނާއި އޭނާގެ ޓީމު މިހާރު ވަނީ ތުރުކީގައި ނަގަން ހަމަޖެހިފައިވާ މަންޒަރުތައް ނެގުމަށް އެޤައުމަށް ގޮސްފައެވެ.

އިމްރާން ހާޝްމީ ވެސް ތުރުކީއަށް ގޮސް “ޓައިގަރ 03″ގެ ޓީމާ މިހާރު ގުޅިފައިވާކަމަށް ބޭރުގެ ރިޕޯޓުތަކުން މަޢުލޫމާތު ލިބެއެވެ.

ފިލްމުގެ ޝޫޓިންގއަށް ތުރުކީގައި 45 ދުވަހު ޓީމް “ޓައިގަރ 03” މަޑުކުރާނެއެވެ.

ދުވަސްކޮޅެއް ކުރިން ރަޝިއާގައި ސަލްމާނާއި ކެޓްރީނާގެ ފޭނުންނާއެކު ނަގާފައިވާ ފޮޓޯ ތަކަކާއި ފިލްމުގެ މަސައްކަތުގައި އުޅޭ މަންޒަރު ފެންނަ ފޮޓޯ ތަކެއް ވެސް ވަނީ ސޯޝަލް މީޑިއާގައި ލީކުވެފައެވެ.

ސަލްމާން މިވަޤުތު “ޓައިގަރ 03″ގެ މަސައްކަތް ކުރަމުން ދާއިރު ކުރިއަށް އަދިވެސް އޭނާގެ ފިލްމުތަކެއް އެބަހުއްޓެވެ. އެއީ “ކިކް 2” އާއި “ދަބަންގ 04” އަދި “ބައިޖާން”ގެ އިތުރުން މިހާރު ޝޫޓިންގ އެއްކޮށް ނިމިފައި އޮތް “އަންތިމް” އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top