03 ސެޕްޓެމްބަރު ވީ ހުކުރު ދުވަހު ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާނާއި ދެކުނު އިނޑިއާގެ އެކްޓަރު ނަޔަންތަރާ އަދި ޕްރިޔަމާނީ ވަނީ، ތަމަޅަ ޑައިރެކްޓަރު އަތުލީ ކުމާރުގެ ފިލްމަކަށް އިންޑިއާގެ ޕޫނޭގައި ޝޫޓިންގ ފަށައިފައެވެ. ފިލްމަށް އަދި ނަމެއް ދީފައިނުވާ މި ފިލްމަކީ އެކްޝަން ތުރިލަރ އެއް ކަމަށް އަތުލީ ބުނެއެވެ.
ޝާހްރުކްގެ ޑަބަލް ރޯލު ފެނިގެންދާ މި ފިލްމުގައި ޝާހްރުކްގެ އެއް ރޯލުގައި ފެންނާނީ ބޮޑު ޓީމެއް އޯގަނައިޒްކޮށް ބޮޑު ބޭންކް ހައިސްޓެއްގައި އުޅޭ މަންޒަރު ކަމަށާއި އަނެއް ރޯލުގައި ފެންނާނީ އަޑި ނޭނގޭ ވަރުގަދަ ވާހަކަތަކެއްގެ ތެރެއިން (ރޮބަރީ ޕްރޮފެޝަން)އެއް ކަމަށް ބޮލީވުޑް ހަންގާމާއިން ވަނީ ބުނެފައެވެ.
ފިލްމުގެ މުޅި ސްކްރިޕްޓް ލިޔުނީ އަތުލީ ކުމާރާއި އޭނާގެ ޓީމު ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ. އަދި މިހާރު ވަނީ ޝާހްރުކްގެ ފިލްމު ކުންފުނި ރެޑްޗިލީސް އާއި އަތުލީ ވެސް ނެޓްފްލިކްސް އާ ވާހަކަ ދައްކާ މަނީ ހައިސްޓްގެ ރިމޭކެއް ހަދަން ބޭނުންވާ ވާހަކަ ބުނެފައި ކަމަށް ބޮލީވުޑް ހަންގާމާއިން ހާމަކުރެއެވެ.

މިއީ މަނީ ހައިސްޓްގެ ރިމޭކެއް ނަމަ ޕްރޮފެސަރުގެ ކެރެކްޓަރ އިން ޝާހްރުކް ފެންނާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ.
