ބޮލީވުޑް އެކްޓަރު އަކްޝޭ ކުމާރުގެ މަންމަ އަރޫނާ ބަޓިއާ ވަރަށް ބޮޑަށް ސިއްޙީ ޙާލަތު ގޯސްވެ އައި.ސީޔޫ ގައި ފަރުވާ ދޭން ފެށުމުން އަކްޝޭ ފިލްމުގެ މަސައްކަތް މެދުކަނޑާލައިފައި މަންމަ ގާތަށް އަތުވެއްޖެއެވެ.
އަކްޝޭ ކުމާރު ޔޫކޭގައި ފިލްމު “ސިންދްރެއްލާ”ގެ ޝޫޓިންގ ގައި އުޅެނިކޮށް މަންމަ ބަލިވިކަމުގެ ޚަބަރު ލިބުމުން މަޑުނުކޮށް ވަޤުތުން ވަނީ މަންމަ ގާތަށް އައިސްފައެވެ. އޭނާ އައި ކަމުގައި ވިޔަސް ފިލްމުގައި އަކްޝޭ ނުފެންނަ މަންޒަރުތައް ނެގުމަށް އަކްޝޭ ވަނީ އެދިފައެވެ.

އަކްޝޭ އެންމެ ފަހުން ފެނުނީ ނިމިދިޔަ އޯގަސްޓް މަހު ރިލީޒްކުރި ފިލްމު ބެލްބޮޓަމް އިންނެވެ. “ސިންދްރެއްލާ”ގެ އިތުރުން އަކްޝޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި “ޕްރިތުވިރާޖް” އާއި “ބައްޗަން ޕާންޑޭ” އަދި “ސޫރިޔަވަންޝީ”ގެ އިތުރުން “ރާމް ސޭޓޫ” ހިމެނެއެވެ.
ކިޔުންތެރިންގެ ޚިޔާލު
