ކްރިތީ ސެނަންގެ އެންމެ ފަހުގެ ފިލްމު ”މިމީ“ގެ ޑައިރެކްޓަރު ލަކްޝްމަން އުޓޭކަރްގެ ފިލްމަކަށް ސާރާ ޢަލީ ޚާން ސޮއިކޮށްފިއެވެ.
”މިމީ“ އާއި ”ލުކާ ޗުއްޕީ“ ފަދަ ކާމިޔާބު ފިލްމުތަކެއް ޕްރޮޑިއުސްކުރި ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދަން ނިންމާފައިވާ މި ފިލްމަކީވެސް އަންހެން ކެރެކްޓާއަކަށް ބިނާކޮށް އިޖުތިމާޢީ މެސެޖުތަކެއް ފޯރުކޮށްދޭ ގޮތަށް ހަދާ ފިލްމެއް ކަމަށް ބޮލީވުޑް ހަންގާމާގައި ބުނެފައިވެއެވެ.
އެ ނޫހުގައި ބުނެފައިވާ ގޮތުގައި ފިލްމުގެ ސްކްރިޕްޓްވެސް ފައިނަލްކޮށް ނިމި ސާރާގެ އިތުރުން ފިލްމުގެ އިތުރު ކާސްޓުން ހޮވުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ލަކްޝްމަންގެ އާ ފިލްމަށް ސާރާ ސޮއިކޮށްފައިވާއިރު އޭނާ މިހާރު އަންނަނީ ފުލުފުލުގައި ފިލްމުތަކަށް ސޮއިކުރަމުންނެވެ. އޭނާ މިފަހުން ސޮއިކުރި ފިލްމުތަކުގެ ތެރޭގައި މިދިޔަ ހުކުރު ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާގައި ރިލީޒްކުރި އޭނާގެ ބައްޕަ ސައިފް ޢަލީ ޚާންގެ ފިލްމު ”ބޫތު ޕޮލިސް“ގެ ޑައިރެކްޓަރު ޕަވަން ކިރްޕަލާނީގެ ”ގޭސްލައިޓް“، ވިކީ ކޯޝަލްއާއެކު ކުޅޭ ”ދި އިމޯޓަލް އަޝްވަތަމާ“، ވިކީ ކޯޝަލްގެ ކޮއްކޮ ސަނީ ކޯޝަލްއާއެކު ކުޅޭ ”ނަކްރޭވާލީ“ ހިމެނެއެވެ.
ސާރާ އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ އަހަރު އެމެޒޯން ޕްރައިމް ވީޑިއޯގައި ރިލީޒްކުރި ޑޭވިޑް ދަވަންގެ ”ކޫލީ ނަމްބަރ. 1“ އިންނެވެ. އޭގެ ބަތަލަކީ ވަރުން ދަވަންއެވެ. ސާރާގެ އެންމެ އަވަހަށް ރިލީޒްވާނެކަމަށް ބެލެވެނީ އަކްޝޭ ކުމާރާއި ދަނޫޝްއާއެކު ކުޅުނު ޑައިރެކްޓަރު އާނަންދު އެލް ރާއީގެ ”އަތުރަންގީ ރޭ“ އެވެ. މިދިޔަ އޯގަސްޓު މަހުގެ 6 ގައި ރިލީޒްކުރަން ތާވަލުކުރި އެ ފިލްމު އެ ތާރީޚުގައި ރިލީޒްކޮށްފައި ނުވާއިރު، ދެން އެ ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި އިޢުލާނެއް ނުކުރެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




