ކަރީނާ ކަޕޫރާއި އާމިރު ޚާން ލީޑް ރޯލުން ފެނިގެންދާ ފިލްމު “ލާލް ސިންގ ޗައްޑާ”ގެ ޝޫޓިންގ މެދުކެނޑިފައި އޮތުމަށްފަހު އަލުން މިއަދު ފަށައިފިއެވެ.
ކަރީނާ ދަރިފުޅަށް ބަލިވެ އިނުމުގެ ސަބަބުންނާއި ކޮވްޑް-19ގެ ޕެންޑަމިކް ދިމާވުމުގެ ސަބަބުން މެދުކަނޑާލި ފިލްމު “ލާލް ސިންގ ޗައްޑާ”ގެ ޝޫޓިންގ ފަށައިފި ކަމަށް ބުނެ ކަރީނާ ކަޕޫރް މިއަދު ވަނީ އޭނާގެ އިންސްޓަގްރާމްގައި ފޮޓޯ ތަކަކާއެކު ޙިއްސާކޮށްފައެވެ.

“ލާލް ސިންގ ޗައްޑާ” އަކީ ހޮލީވުޑް ފިލްމު “ފޮރެސްޓް ގަމްޕް”ގެ ރިމޭކެކެވެ. މި ފިލްމުގައި އާމިރާއި ކަރީނާގެ އިތުރުން ނާގާ ޗައިތަންޔާ އަކިނޭނީ އާއި މޯނާ ސިންގ ފެނިގެންދާނެއެވެ.
ކިޔުންތެރިންގެ ޚިޔާލު
