އިންޑިއާގެ އެކްޓްރެސް އެއް ކަމަށްވާ މަޝްހޫރު އަދި ޒުވާން ތަރި މެގާ އަކާޝް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެއެވެ.
އުމުރުން 25 އަހަރުގެ މެގާ އެންމެ ފުރަތަމަ ކުޅުނު ފިލްމަކީ “އޮރު ޕައްކާ ކަތާއީ”އެވެ. ނަމަވެސް އެ ފިލްމު ރިލީޒް ކުރެވުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އޭނާ އެންމެ ގިނައިން ފެންނަނީ ތަމަޅަ އަދި ތެލުގޫ ފިލްމުތަކުންނެވެ. އޭނާ މިހާތަނަށް ކުޅެފައިވާ ފިލްމު ތަކުގެ ތެރޭގައި “ރާޖާ ރާޖާ ޗޯރާ” އާއި “ސެޓެލައިޓް ޝަންކަރް” އަދި “ޕެއްޓާ”ގެ އިތުރުން “ބޫމަރޭންގް” ހިމެނެއެވެ.


އޭނާ ރާއްޖޭގެ ރިޒޯޓެއްގައި ނަގާފައިވާ މަންޒަރުތަކެއް އޭނާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އޭނާ މިވަޤުތު ޗުއްޓީ ހޭދަކުރަމުން ދަނީ ‘ލިލީ ބީޗް ރިޒޯޓް އެންޑް ސްޕާ’ގައެވެ.
މެގާ އެންމެ ފަހުން ފެނުނީ މިއަހަރުގެ މެއި މަހު ރިލީޒްކުރި ސަލްމާން ޚާންގެ ފިލްމު “ރާދޭ” އިންނެވެ.
