ބޮލީވުޑްގެ އެކްޝަން ތަރި އަޖޭ ދޭވްގަން ރާއްޖޭގައި ޝޫޓިންއެއްގައި ހަރަކާތްތެރިވާން ފަށައިފިއެވެ. އެގޮތުން ރިހިވެލި ރިޒޯޓް ކައިރީގައި މިމަހު 14 ވަނަ ދުވަހު (މިއަދު) އަޖޭގެ ޝޫޓިންއެއް ބާއްވާފައިވެއެވެ.
އަޖޭ ދޭވްގަން ޝޫޓިންއަކަށް ރާއްޖެ އައީ މިދިޔަ އާދީއްތަ ދުވަހުއެވެ. އޭނާ ރާއްޖެ އައީ ޑިސްކަވަރީގެ ކަލްޓް ފްރެންޗައިޒް ޝޯވ ‘އިންޓު ދަ ވަައިލްޑް ވިތު ބެއަރ ގްރިލްސް (Into the Wild with Bear Grylls) ޝޫޓްކުރުމަށެވެ. މި ޝޯވގައި މަޤްބޫލުކަން ހޯދާފައިވާ ސަވައިވަލް އެކްސްޕާޓް ބެއަރ ގްރިލްސްވެސް އަޖޭއާއެކު ބައިވެރިވެއެވެ.
“ގޯލްމާލް”ގެ ތަރި އަޖޭގެ އިތުރުން، އިނގިރޭސި ޓީވީ ތަރި ގްރިލްސް ވަނީ ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ރަޖްނީކާންތު އަދި އަކްޝޭ ކުމާރު ހިމަނައިގެންވެސް މީގެ ޝޯވއެއް ގެނެސްދީފައެވެ. އެ އެޕިސޯޑްތައް ޝޫޓްކުރީ ކަރްނާޓަކާގެ ’ބަންޑިޕޫރް ޓައިގަރ ރިޒާރވް ނޭޝަނަލް ޕާކް’ގައެވެ.
އުމުރުން 52 އަހަަރުގެ އަޖޭއަށް ދެފަހަރެއްގެ މަތިން ޤައުމީ ފިލްމު އެވޯޑް ލިބިފައިވެއެވެ. ފިލްމުފެއަރ އެވޯޑް ހަތަރު ފަހަރަށް ލިބިފައިވެއެވެ.
އަޖޭ ދޭވްގަން ފިލްމްސްގެ ނަމުގައި އަމިއްލަ ފިލްމު ކުންފުންޏެއް ހިންގަމުން އަންނަ އަޖޭއަކީ ވަރުގަދަ ކެރެކްޓަރ ރޯލުތައް ހިމެނޭ އެކްޝަން ފިލްމު ކުޅުމަށް ދެވަނަައެއް ނެތްފަދަ ހުނަރުވެރި ސްޓާރެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!