ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ބިގް ބޮސް އޯޓީޓީ” ކާމިޔާބު ކުރީ ދިވްޔާ

ކަލާޒް ޓީވީއިން ގެނެސްދޭ ކާމިޔާބު ރިއަލިޓީ ޝޯވ “ބިގް ބޮސް” ގެ ޑިޖިޓަލް ވާޝަން “ބިގް ބޮސް އޯޓީޓީ” ރޭގައި ނިންމާލައިފިއެވެ. 42 އެޕިސޯޑާއިއެކު ރޭގައި ޝޯވ ނިންމާލާފައިވާއިރު ޝޯވ ކާމިޔާބުކޮށްފައިވަނީ ރިއަލިޓީ ޝޯވތަކުން ބޮޑު މަޤުބޫލުކަމެއް ހޯދި ދިވްޔާ އަގަރްވާލްއެވެ.

މަޝްހޫރު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރް ހޯސްޓުކުރި މި ޝޯވގެ ފައިނަލްގައި 5 ބައިވެރިން ވާދަކުރިއިރު، ފައިނަލްގައި ވާދަކުރި ޕްރަތީކް ސެހަޖްޕަލް ވަނީ “ބިގް ބޮސް 15” ގައި ވާދަކުރަން ބިގް ބޮސްގެ ގެއިން ނުކުމެފައެވެ.

ދިވްޔާއަށް ތަށި ލިބުނުއިރު ދެވަނަ ލިބުނީ މަޝްހޫރު ކޮރިއޯގްރާފަރު ނިޝާންތު ބަޓްއަށެވެ. އެކްޓްރެސް ޝަމީތާ ޝެޓީއަށް ތިންވަނަ އަދި އެކްޓަރު ރާކޭސް ބަޕާޓްއަށް ހަތަރުވަނަ ލިބުނުއިރު، އަންނަ އޮކްޓޯބަރު މަހުގެ 2 ގައި “ބިގް ބޮސް 15” ކަލާޒް ޓީވީއިން ފަށާ ގޮތަށް ވަނީ ނިންމާފައެވެ.

ޑިޖިޓަލް ޕްލެޓްފޯމް ވޫޓް އިން ގެނެސްދިން “ބިގް ބޮސް އޯޓީޓީ” ގެ ފުރަތަމަ ސީޒަންގެ ކާމިޔާބީއާއި ގުޅިގެން އަންނަ އަހަރުވެސް އާ ސީޒަނެއް ގެނެސްދޭނެކަމަށް ޚަބަރުތައް ބުނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top