ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މަނިކް އާޓްސް އިން “މަލާއޭ” ގެ ޝޫޓިން ފަށައިފި

ތަފާތު އާޓިސްޓިކް ސްޓައިލެއްގައި ވީޑިއޯ ލަވަތަކެއް ގެނެސްދެމުން އަންނަ ‘މަނިކް އާޓްސް’ އިން “މަލާއޭ”ގެ ނަމުގައި ވީޑިއޯ ލަވައެއްގެ ޝޫޓިން ފަށައިފިއެވެ.

މަނިކް އާޓްސް އިން ނެރުމަށް ޝޫޓިން ފަށާފައިވާ “މަލާއޭ” އަކީ ‘ވޮއިސް އޮފް މޯލްޑިވްސް’ ކާމިޔާބުކުރި ހުނަރުވެރި ލަވަކިޔުންތެރިޔާ މުޙައްމަދު ޚާލިދުގެ ހިތްގައިމު އަޑު އިވިގެންދާނެ ލަވައެކެވެ. ޚާލިދު އާއި އެކުގައި މި ލަވައިން އިވިގެންދާނީ ރުއާގެ ހިތްގައިމު އަޑެވެ.

“މަލާއޭ” ލަވައިގެ މިއުޒިކް އަދި މިކްސިން ހަދާފައިވަނީ ދިވެހި ތަފާތު ރާގުތަކަށް މިއުޒިކް ހަދައި ރެކޯޑްކޮށްދެމުން އަންނަ ‘ޑީޖޭ ކައްޗޭ’ އެވެ. ޑީޖޭ ކައްޗޭއަކީ ލަވަކިޔުމުގެ އިތުރުން ރިޒޯޓް މިއުޒިކް ދާއިރާގައިވެސް މަޝްހޫރު ފަންނާނެކެވެ. އެގޮތުން މިއީވެސް ޑީޖޭ ކައްޗޭގެ ތަފާތު ޑީޖޭ މިއުޒިކެއް އިވިގެންދާނެ ލަވައެއް ކަމަށް މަނިކް އާޓްސްގެ ވެރިޔާ އަދި ހުނަރުވެރި އާޓިސްޓު މަނިކް، މުނިއަވަސް އަށް ބުންޏެވެ.

ރާއްޖޭގެ ޑީޖޭ އާޓިސްޓުންގެ ތެރެއިން، ސައުންޑްކްލައުޑް ވެރިފައިޑްވެފައިވާ ހަމައެކަނި ޑީޖޭ އާޓިސްޓަކީ ޑީޖޭ ކައްޗޭ ކަންވެސް ފާހަގަކޮށްލެވެއެވެ.

“ލަވައިގެ ވީޑިއޯ ޝޫޓްކުރަން ފެށިގެން މިހާރު ކުރިއަށްދަނީ. އެގޮތުން ވަރަށް އަވަހަށް މި ލަވައިގެ ޓްރެއިލާއެއް ރިލީޒްކުރާނަން.” މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ޝޫޓިން ކުރިއަށްދާ ލަވައިގެ ވީޑިއޯ މަސައްކަތުގެ ތަފުސީލަށް ދަމުން މަނިކް ފާހަގަކުރިއެވެ.

“މަލާއޭ” ލަވައިގެ ވީޑިއޯގައި ހަރަކާތްތެރިވަނީ ކުރިންވެސް މަނިކް އާޓްސްގެ ލަވައަކުން ފެނުނު ސިމް އެވެ. ސިމްގެ އިތުރުން މި ލަވައިން ފެންނާނީ ކުރިއަރަމުން އަންނަ ތައު އެވެ. މީގެ ކުރިން މަނިކް އާޓްސް އިން ނެރުނު ލަވައަކުންވެސް ތައު ފެނިފައިވެއެވެ.

“މަނިކް އާޓްސްގެ މި ލަވަ ތަފާތުވާނެ. ޚާއްޞަކޮށް ލަވައިގެ ކޮލިޓީ އަދި އެކްޓިން ތަފާތުވާނެ.” މަނިކް އިތުރަށް ބުނީ މި ލަވަ އެއްކޮށް ނިންމައި އަންނަ އޮކްޓޫބަރު މަހުގެ ފަހުކޮޅު ރިލީޒްކުރާނެ ކަަމަށެވެ.

[responsive-slider id=38022]

މަނިކް އާޓްސްގެ އުފެއްދުންތަކަށް އާޓިސްޓިކް ތަފާތު ގޮތްތަކެއް ގެނެސްދީފައިވާއިރު، މި ލަވައިންވެސް ތަފާތެއް ފެންނާނެ ކަމަށް މަނިކް ބުނެއެވެ. އެހެންކަމުން މި ލަވައިގެ ޓްރެއިލާއެއް ރިލީޒްކުރާނެ ދުވަހެއްގެ އިންތިޒާރުގައި ގިނަބަޔަކު ތިބިކަންވެސް މަނިކް ފާހަގަކުރިއެވެ.

މަނިކް އާޓްސްގެ އުފެއްދުންތައް ފެށުމުގެ ކުރިން، ޕޯސްޓަރު ހަދައި އާއްމުކުރެއެވެ. ޝޫޓިން ނިންމައި އެޑިޓިން ނިންމުމަށްފަހު ލަވައިގެ ޓްރެއިލާ އާއްމުކުރެއެވެ. ލަވައިގެ މަސައްކަތް އެއްކޮށް ނިންމައިލުމަށްފަހު ކޮންމެވެސް ޓީވީ ސްޓޭޝަނެއްގެ ޕްރޮގްރާމެއްގެ ތެރެއިން ލަވަ ރިލީޒްކޮށްލަނީ ޔޫޓިއުޓް އަދި ފޭސްބްކްގައި ވެސް ލަވަ ރިލީޒްކޮށްލަމުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
ސުނާމީ 2030
6 ގަޑިއިރު ކުރިން
ޒަލަފް – ފަހު ބައި
9 ގަޑިއިރު ކުރިން
Home
Menu
Search
Back to top