ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސީ.އައި.ޓީ.އެމް އިން އެތައް ބަޔަކަށް މަކަރާއި އޮޅުވާލުން!

ދިވެހިރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ (އައި.ޓީ) ދާއިރާއަށް ކިޔަވައިދިނުމަށް ޚާއްޞަކޮށް ޤާއިމުކޮށްފައިވާ މަރުކަޒެއް ކަމަށްވާ ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ މެނޭޖްމަންޓް (ސީ.އައި.ޓީ.އެމް) އިން ހިންގި ބައެއް ކޯސްތަކުން ދަރިވަރުން އެވޯޑުކޮށްފައިވަނީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ)ގެ ޤަވާޢިދާ ޚިލާފަށް ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

އެމް.ކިއު.އޭ ޤަބޫލުކުރާނެ ކަމަށް ބުނެ އޮޅުވާލައިގެން މިހާތަނަށް ސީ.އައި.ޓީ.އެމް އިން ވަނީ އެތައް ކޯސްތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންގޮސްފައެވެ. މިހެން ބުނެ ހިންގި ކޯސްތަކަކީ އެމް.ކިއު.އޭ ޤަބޫލުކުރާ ސެޓްފިކެޓެއް ދީފައިނުވާ ކޯސްތަކެއް ކަމަށް މިއަދު އެމް.ކިއު.އޭ އިން ވަނީ ކަށަވަރު ކޮށްދީފައެވެ. އެގޮތުން 2017ގެ ފަހުން ސީ.އައި.ޓީ.އެމް އިން ހިންގި އެއްވެސް ކޯހެއްގެ ދަރިވަރުން އެވޯޑުކޮށްފައިވަނީ އެމް.ކިއު.އޭ އެޕްރޫވްޑް ސެޓްފިކެޓްތަކަކުން ނޫންކަމަށް ވިދާޅުވިއެވެ. 2017ގެ ފަހުން ސީ.އައި.ޓީ.އެމް އިން ކޯހެއް އެވޯޑުކުރުމުގެ ކުރިން އެމް.ކިއު.އޭގެ ހުއްދަ ހޯދައިފައިނުވާ ކަމަށާއި އޭގެ ފަހުން އެމް.ކިއު.އޭ ޤަބޫލުކުރާނެ ކަމަށްބުނެ ދިން ސެޓްފިކެޓްތަކުގައި ވަނީ ފޭކް ތައްގަނޑެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެމް.ކިއު.އޭ އިން މަޢުލޫމާތުދޭ ގޮތުގައި އޯލެވެލް ނުނިންމާ އެއްވެސް ދަރިވަރަކަށް ލެވެލް 3 ގެ ކޯހެއް ނުހަދާ އެޑްވާންސް ސެޓްފިކެޓްގެ ކޯހެއް ނުހެދޭނެއެވެ. އޯލެވެލް ނިންމުމުގެ ކުރިން ލެވެލް 3ގެ ސެޓްފިކެޓެއް ހޯދިނަމަވެސް ލެވެލް 4 ގެ ކޯހެއް ހެދޭނީ އޯލެވެލް ނިމުމުން ކަމަށާއި، 18 އަހަރު ނުވަނީސް ޑިގްރީ ކޯހެއް ވެސް ނުހެދޭނެކަމަށް ވަނީ މަޢުލޫމާތު ދީފައެވެ.

ދާދިފަހުން ހދ.ކުޅުދުއްފުށީގައި ސީ.އައި.ޓީ.އެމް އިން ހިންގި ޑިޕްލޮމާ ކޯސްތަކުގެ ސެޓްފިކެޓް ނުލިބި ލަސްވެގެން ވެސް ވަނީ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
މޫސަ 5654 އަހަރު ކުރިން

ޕްރިންސިޕަލް ޒިންމާވާނަމޭ ބުނެ ގެރެންޓީ ދީފަ ލ. ކަލައިދޫ ގައިވެ މި ގަނޑެއް ގަނެފި، ޕްރިންސިޕަލް

މޫސަ 564 އަހަރު ކުރިން

ސްކޫލުތަކުގެ އިސްވެރިންނަށް ރިސްވަތު ދީގެން މި ކަންމިކުރަނީ، އޭގެ ގެއްލުން މިލިބެނީ ނިކަމެތި ރައްޔިތުުންނަށް.

Home
Menu
Search
Back to top