ބ. ގޮއިދޫގައި ފޯރިޔާއެކު މިހާރު ކުރިއަށްދާ އިންޓަރ އޮފީސް ފުޓްސަލް ޓޯނަމެންޓު 2021 ގައި ރޭގެ މެޗުން މޮޅުވެ ސްކޫލް ޓީމް ފައިނަލާއި ގާތަށް ޖެހިލައިފިއެވެ.

ރޭގެ ފުރަތަމަ މެޗުގައި އެމް.ޑަބްލިއު.އެސް.ސީ އާއި ބައްދަލުކުރީ ކައުންސިލެވެ. 4-1 ން އެމް.ޑަބްލިއު.އެސް.ސީ ކުރި ހޯދާފައިވާއިރު ކުރީ ރޭގެ މެޗުގައިވެސް ކައުންސިލް ވަނީ ސްކޫލް އަތުން ބަލިވެފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ އެމް.ޑަބްލިއު.އެސް.ސީގެ ގޯލްކީޕަރ އަޙްމަދު ޝަފްރާޒެވެ. މި މެޗުގައި އެމް.ޑަބްލިއު.އެސް.ސީގެ އަނޫސް ދެ ގޯލު ޖެހިއިރު، އަނެއް ދެ ލަނޑު ޖެހީ އަޖުވަދު އާއި އިބްރާހިމް ސުނާނެވެ. ކައުންސިލަށް ކާމިޔާބުވި ހަމައެކަނި ގޯލް ޖަހައިދިނީ އިބްރާހީމް ޝާނީޒެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ، އަޙްމަދު ޝަފްރާޒް / ފޮޓޯ: ޒެޑް ކްލިކްސް

ރޭ ކުޅުނު ދެވަނަ މެޗުގައި ސްކޫލުން ވަނީ 9 ގޯލު ޖަހައި ފެނަކަ ބަަލިކޮށްފައެެވެ. ފެނަކައަށް މިމެޗުގައި އެއްވެސް ގޯލެއް ކާމިޔާބު ކުރެވިފައި ނުވާއިރު ސްކޫލް މިވަނީ ދެ ރޭގެ މެޗުންވެސް ގިނަ ގޯލްތަކަކާއެކު މޮޅުވެ، ފައިނަލާ ގާތްކޮށްފައެވެ. ގޯލުތައް ކާމިޔާބު ކޮށްދީފައިވަނީ ޙުސައިން ޝާމް، މުޙައްމަދު ފިރުޝާން، ޢަލީ ޖަޒްލާން، އަދި ޔޫސުފް މުޙައްމަދުއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ، ޙުސައިން ޝާމް / ފޮޓޯ: ޒެޑް ކްލިކްސް

ގޮއިދޫ ފުޓްސަލް ދަނޑުގައި މިރޭވެސް ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިރޭގެ ފުރަތަމަ މެޗުގައި ސްކޫލާއި އެމް.ޑަބްލިއު.އެސް.ސީ ބައްދަލުކުރާއިރު ދެވަނަ މެޗުގައި ބައްދަލު ކުރާނީ ފެނަކަ އާއި ކައުންސިލެވެ. ފައިނަލަށްދާ ދެ ޓީމު ކަށަވަރުވާނީ މިރޭގެ މެޗުގެ ނަތީޖާތައް ނުކުންނަ ގޮތަކުންނެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މާދަމާ ރޭ 20:30 ގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.