ބޮލީވުޑުގެ ބަތަލާ ޕަރިނީތީ ޗޯޕްރާ އޭނާގެ އާއިލާއާއި އެކު ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެއެވެ. މަންމަ ނީނާ ޗޯޕްރާއާއި ބައްޕަ ޕަވަން ޗޯޕްރާގެ އިތުރުން ބޭބެ ޝިވާންގް ޗޯޕްރާއާއި އެކު ޕަރިނީތީ ރާއްޖެ އައިސް ހުރީ މާމުނަގައު ރިޒޯޓުގައެވެ.
ޕަރިނީޓީ އޭނާގެ އާއިލާއާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް ބުނެފައިވަނީ އޭނާގެ ބޭބެ ސަހަޖު ޗޯޕްރާ މަތިން ވަރަށް ހަނދާންވާ ކަމަށެވެ. ރާއްޖޭގެ ހިތްގައިމު މަންޒަރުތަކުން ޕަރިނީތީގެ އިންސްޓަގުރާމުގައި ވަނީ އެތައް ޕޯސްޓެއް ހިއްސާ ކޮށްފައެވެ. މިފަހަރު ޕަރިނީތީ ރާއްޖެއަށް އުޅެނީ ފޮޓޯގްރާފަރެއްވެސް ގޮވައިގެންނެވެ.
ޕަރީނީތީ ބުނެފައިވަނީ އޭނާ ރާއްޖެ އައީ ރާޅުޖަހާ އަޑު އަހާލުމުގެ ބޭނުމުގައި ކަމަށެވެ. އޭނާ ހުންނަ މާމުނަގައު ރިސޯޓުގެ ހިތްގައިމު މަންޒަރުތައް ސަޕޯޓަރުންނާއި ހިއްސާ ކުރަމުން އަންނަ ޕަރިނީތީ ގެންދަނީ އުފާވެރި ޗުއްޓީއެއް ހޭދަކުރަމުންނެވެ.
