ޕާކިސްތާން ޑްރާމާ ސިލްސިލާ ”އަންތުލް ޙަޔާތު“ މާދަމާ ރޭ (31 ޖުލައި) ގައި ދައްކަން ފަށާގޮތަށް ނިންމައިފިއެވެ.
ޙަސަން ޚާން، މިންސާ މާލިކް، އާޣާ ތަލާލް، މިޝެލް މުމްތާޒް، ފާއިޤް ޚާން އަދި ބީނިޝް ޗޯހަން އިސް ރޯލުތަކުން ފެނިގެންދާ ”އަންތުލް ޙަޔާތު“ ގެ މައިގަނޑު އެހެން ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ރާބިއާ ނައުރީން، ފަރާ ނާދިރް، އަދުނާން ޖީލާނީ، ޢަލީ ޤުރޭޝީ، ސައިމާ ޤުރޭޝީ އަދި ޝަރްމީން ޚާން ފަދަ ތަރިން ހިމެނެއެވެ.
ވަރަށް ޝައުޤުވެރި ޓީޒާތަކެއްވެސް ދައްކާލާފައިވާ ”އަންތުލް ޙަޔާތު“ ގައި ކިޔައިދޭނީ ފިރިންނަކީ އެމީހުންގެ މުޅި ދިރިއުޅުން ކަމަށް ދެކޭ އަންހެން ތިން ބެއިންގެ ވާހަކައެވެ. އެ ތިން ބެއިންގެ ތަކުލީފުތަކާއި އުދާސްތައް މި ޑްރާމާގައި ވަރަށް ފުރިހަމައަށް ދައްކުވައިދޭނެކަމަށް ޚަބަރުތައް ބުނެއެވެ.
އަތަރް އަންސާރީ ލިޔެ، ހަސީބް ޢަލީ އާއި އަދީލް ސިއްދީޤީ ޑައިރެކްޓްކޮށްފައިވާ ”އަންތުލް ޙަޔާތު“ އަކީ މޫމިނާ ދުރައިދުގެ އެމްޑީ ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސްކޮށްފައިވާ ޑްރާމާއެކެވެ.
މާދަމާ ރޭ ހަމް ޓީވީއިން ”އަންތުލް ޙަޔާތު“ ދައްކަން ފަށާއިރު، ކޮންމެ ރެޔަކު ރާއްޖެ ގަޑިން 19:00 ގައި މި ޑްރާމާގެ އެޕިސޯޑެއް ގެނެސްދޭ ގޮތަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ހަމް ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލުންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




