ނޮޅިވަރަމުގައި ކަރަންޓު ދިނުމަށް ބޭނުންކުރާ 648 ކިލޯ ވޯޓުގެ އިންޖީނަށް ދިމާވި ކުއްލި މައްސަލައަކާ ގުޅިގެން މުޅި ރަށުން ކަރަންޓު ކެނޑިއްޖެއެވެ.

ފެނަކަ ނޮޅިވަރަމް ބްރާންޗުން މަޢުލޫމާތުދޭ ގޮތުގައި ދިމާވެފައިވާ މައްސަލަ ޙައްލުކުރުމަށް ތަނުގެ މުޥައްޒަފުން މިހާރު މަސައްކަތް ކުރަމުން ދާކަމަށާއި މަސައްކަތް ނިމުމަށްފަހު ވީހާވެސް އަވަހަކަށް ކަރަންޓު ދެވިގެންދާނެއެވެ.

590 ކިލޯ ވޯޓުގެ އިންޖީނު ހިންގައި އިންޖީނަށް ކަރަންޓު ދެވެން އޮތް މިންވަރަކުން އެކި ހިސާބުތަކަށް ކަރަންޓުދީ މުޅި ރަށަށް ކަރަންޓު ދެވޭތޯ މަސައްކަތް ކުރަމުން ދާ ކަމަށް ވެސް ހާމަކޮށްފައިވެއެވެ.

އަދި މިދަނޑިވަޅުގައި ހުރިހައި ރައްޔިތުން ވެސް މިކަމުގައި އެއްބާރުލުން ދެއްވައި އޭ.ސީ ފަދަ ކަރަންޓު ގިނައިން ބޭނުންވާ ތަކެތި ނިއްވާލައި ކަރަންޓު ބޭނުންކުރެވޭ މިންވަރު ދަށްކޮށްދިނުމަށް ވެސް އެދިފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ނާޢިމް ޢަލީ
މުނިއަވަސްގެ އެންމެ ހަގު ލިޔުންތެރިޔާ ނާާޢިމް ޢަލީ އަކީ ލިޔުންތެރިކަމުގައި ތަޖުރިބާހުރި ޒުވާނެކެވެ.
ނާޢިމް ޚާއްޞަވަނީ ބޮލީވުޑް އަދި ހޮލީވުޑްގެ ޚަބަރުތަކަށެވެ.