ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސޫރްޔަވަންޝީ ރިލީޒްކުރާ ތާރީޚު އިޢުލާންކޮށްފި

ފިލްމުގެ މަސައްކަތް މުޅިން ނިންމާ އޭގެ 2 އަހަރު ދުވަސް ފަހުން އަކްޝޭ ކުމާރުގެ އަންނަން އޮތް ފިލްމު “ސޫރްޔަވަންޝީ” ރިލީޒްކުރާނެ ތާރީޚު އިޢުލާންކޮށްފިއެވެ.

އެންމެ ގިނަބަޔަކު އިންތިޒާރުކުރަމުންދާ އެއް ފިލްމުކަމަށްވާ ސޫރްޔަވަންޝީ ރިލީޒްކުރުން ލަސްވެގެން ދިޔައީ މުޅި ދުނިޔެއަށް ދިމާވި ކޮވިޑް-19ގެ ޕެންޑަމިކްގެ ސަބަބުންނެވެ.

އޮކްޓޫބަރު 22 އިން ފެށިގެން އިންޑިއާގެ މަހަރަޝްތުރާގެ ސިނަމާތައް ރަސްމީކޮށް ހުޅުވާނެކަމަށް ޗީފް މިނިސްޓަރު އުދާވް ތެކަރީ ވަނީ ޔަޤީންކޮށްދީފައެވެ. ލޮކްޑައުނަށްފަހު ރިލީޒްކުރަން ލަސްވެގެން ދިޔަ ބޮޑެތި ފިލްމުތަކުގެ ތެރޭގައި ހިމެނޭ އަކްޝޭ ކުމާރުގެ “ސޫރްޔަވަންޝީ” ރިލީޒްކުރާނީ މިއަހަރުގެ ދިވާލީގައިކަމަށް ޕްރޮޑަކްޝަން ޓީމުން ވަނީ ޔަޤީންކޮށްދީފައެވެ.

އަކްޝޭގެ މިފިލްމުގައި އޭނާގެ އިތުރުން ކެޓްރީނާ ކެއިފާއި ސިންގަމްގެ ރޯލުން އަޖޭ ދޭވްގަން އާއި ސިމްބާގެ ރޯލުން ރަންވީރު ސިންގ ވެސް ފެނިގެންދާނެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ސަލްމާން ޚާންގެ “އަންތިމް” ވެސް ރިލީޒްކުރުން ވަނީ ދިވާލީއަށް ލަސްކޮށްފައެވެ. އެހެންކަމަށްވާނަމަ ބޮކްސް އޮފީހުގައި އެދުވަހަކީ ވަރަށް ވާދަވެރި ދުވަހަކަށް ވެގެންދާނެކަން ކަށަވަރެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top