ކުރީގެ ލަވަކިޔުންތެރިޔާ، ތަބައްގޭ މުހައްމަދު ޝަހުބާން ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ. ޝަހުބާން ނިޔާވީ މިމަހު 26 ވަނަ ދުވަހުގެ ރޭ މަޣްރިބު ނަމާދަށް ދިއުމަށްޓަކައި ވުޟޫކުރަން ފާހާނާއަށް ވަދެ އުޅެނިކޮށެވެ.
ފާހާނާއަށް ވުޟޫކުރަން ވަން ޝަހުބާންގެ ޚަބަރެއް ނުވުމުން ޝަހުބާންގެ ނަންބަރަށް އެގޭގައި އުޅޭ މީހަކު ގުޅިއިރު ފޯނު ރިންގުވެއެވެ. ނަމަވެސް ޖަވާބެއް ނުލިބެއެވެ. އެހެންވެ އެމްއެންޑީއެފަށް ގުޅައިގެން އެތަނުގެ ފަޔަރ އެންޑް ރެެސްކިޔު ޓީމެއް ގޮސް ހަރަކާތްތެރިވިއެވެ.
އެޓީމުން ގޮސް، ފާހާނާގެ ދޮރު ހަލާކު ކޮށްލައިގެން ވަދެވުނު އިރު ޝަހުބާންގެ ހަށިގަނޑު ފާޚާނާ ތެރެއިން ފެނުނެވެ. ވަގުތުން ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް ހޮސްޕިޓަލަށް ގެންދެވުނީ މަރުވިތާ ގާތްގަނޑަކަށް ދެ ގަޑިއިރު ހޭދަވި ފަހުން ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ.
އުމުރުން 53 އަހަރުގައި ޝަހުބާން ނިޔާވި އިރު، ދެ ފިރިހެން ދަރިން އެބަތިއްބެވެ. ޝަހުބާންގެ ކަށުނަމާދު ކޮށް ޖަނާޒާ ބޭއްވީ މިއަދު މެންދުރު ނަމާދަށް ފަހުގައެވެ.
މަރުހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށި!
އާމީން
މުޅި ރާއްޖެ އަށް މަޝްހޫރުވެގެން ދިޔަ ”ރީތި ނަލަނަލަ ހަނދެއް ކުރީ އަލީގައި“ ލަވަ ކިޔާފައިވާ ހުނަރުވެރި މިއުޒިކީ ފަންނާނަކީ ޝަހުބާން އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 ޑިސެމްބަރ 2025ޚަބަރުސްރީ ލަންކާސް ގޮޓް ޓެލެންޓުގައި ރާއްޖޭގެ ރުބީން ފަނޑިޔާރުންގެ ޝައުޤުވެރިކަން ހޯދައިފި
- 29 ޑިސެމްބަރ 2025ޚަބަރުފަސްވަނަ ކަރްްނާޓަކާ ފިލްްމު ފެސްްޓިވަލް އިން ދިވެހި ދެ ފިލްމަކަށް ފަޚުރުވެރި އެވޯޑްތަކެއް
- 28 ޑިސެމްބަރ 2025ޚަބަރުރަށްރަށަށް ”އަލްވަދާޢު“ – ބެލުންތެރިން ބުނަނީ ވަރަށް ސަޅިއޭ!
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި




