އުމުރުން އެންމެ 17 އަހަރުގައި ބައްޕަ މަހޭޝް ބަޓް ޑައިރެކްޓްކޮށް އުފެއްދި ފިލްމު “ޑޭޑީ”އިން 1989 ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުތް ޕޫޖާ ބަޓް އެކްޓްކުރުމާ ދުރުގަައި 20 އަހަރު ހުރުމަށްފަހު ނެޓްފްލިކްސް ސީރީޒް “ބޮމްބޭ ބޭގަމްސް” އިން ފެނިގެންދާނެކަން މިހާރު މިވަނީ ހާމަކޮށްފައެވެ.
އަލަންކްރިޓާ ޝްރިވާސްތަވާ ޑައިރެކްޓު ކޮށްފައިވާ “ބޮމްބޭ ބޭގަމްސް” ވެބް ސީރީޒަކީ ދިރިއުޅުމުގައި ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތަކުން ގުޅިފައިވާ ފަސް އަންހެނެއްގެ ދިރިއުޅުން ދައްކުވައިދޭނެ ސީރީޒެކެވެ.
ވެބް ސީރީޒް “ބޮމްބޭ ބޭގަމްސް” ރިލީޒްކުރާާނީ މިއަހަރުގެ ބައިނަލްއަޤްވާާމީ އަންހެނުންގެ ދުވަސް ކަމަށްވާ މާރިޗް 08 ގައެވެ. މި ސީރީޒްގައި ޕޫޖާ ބަޓް، ޝަހާނާާ ގޯސްވާާމް، އަމްރޫޓާ ސުބާޝް އާއި ރާހުލް ބޯސް ފެނިގެންދާނެއެވެ.
މި ސީރީޒްގައި، މުންބާއީގެ ޒަމާނީ ފަސް އަންހެނެއްގެ ހަޔާތުގައި ހާސިލްކުރަން ބޭނުންވާ ލަނޑުތަނޑިތަކާއި، އެ އަންހެންވެރިންގެ އެދުންތަކާއި، ހަޔާތުގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ބަރުދާސްތުކުރާ ދަތުރާއި ބާރުވެރިވުމަށްކުރާ މަސައްކަތްތައް ފެނިގެންދާނެއެވެ.
View this post on Instagram
