ފޮތްގޮނޑި : ޚަތިމުކުރަމާ! – ޒަޢީމާ އާއެކު” ނަމުގައި ކީރިތި ޤުރުއާން ޚަތިމުކުރުމަށް މުުނިއަވަސް ކްލަބްހައުސް އިން ހުށައަޅަމުން އަންނަ ޕްރޮގްރާމަށް ބަދަލުތަކެއް ގެނެސް ރީ-ޝެޑިއުލްކޮށްފިއެވެ. މިގޮތުން މި ޕްރޮގްރާމު ދެން ގެނެސްދޭނީ ހަފުތާގެ ހުކުރު އަދި ހޮނިހިރު ދުވަހު ހެނދުނު 10:00 ން 11:00އަށެވެ.

ފޮތްގޮނޑި : ޚަތިމުކުރަމާ! – ޒަޢީމާ އާއެކު” ޕްރޮގްރާމުގެ ޕްރޮޑިއުސަރ އަދި ޕްރެޒެންޓަރ ޒަޢީމާ މުނިއަވަސް އޮންލައިން އަށް މަޢުލޫމާތު ދެމުން ބުނީ މި ބަދަލު ގެންނަނީ ކުރިން މި ޕްރޮގްރާމު ގެނެސްދިން ގަޑިއަކީ ބެލެނިވެރިންނާއި ދަރިވަރުން އެހެނިހެން ކަންކަމުގައި މަސްޢޫލުވެ އުޅޭ ވަގުތަކަށްވެފައި މި ޕްރޮގްރާމަށް ވަގުތު ދިނުމަށް ދަތިވާކަން ފާހަގަކުރެވޭތީ ކަމަށެވެ.

ޕްރޮގްރާމަށް މި ގެނައި ބަދަލާއި ގުޅިގެން، ހުކުރު ދުވަހު ހެނދުނު 09:00ގައި ގެނެސްދޭން ފަށާފައިވާ ”ޤިބްލަ – އިސްލާމިކް ކުއިޒް“ ޝޯވ ނިމިގެން 10:00ގައި “ފޮތްގޮނޑި : ޚަތިމުކުރަމާ! – ޒަޢީމާ އާއެކު” ޕްރޮގްރާމު ގެނެސްދޭނެއެވެ. މީގެ އިތުރުން ހޮނިހިރު ދުވަހު ހެނދުނު “ފަހި ފެށުމެއް” ޕްރޮގްރާމު ދެން ނުގެނެސްދޭނެ ކަމަށާ އެ ދުވަހު ހެނދުނު 10:00ގައި ގެނެސްދޭނީ “ފޮތްގޮނޑި : ޚަތިމުކުރަމާ! – ޒަޢީމާ އާއެކު” ޕްރޮގްރާމު ކަމަށް މުުނިއަވަސް ކްލަބްހައުސް އިން މަޢުލޫމާތު ދެއެވެ.

ފޮތްގޮނޑި : ޚަތިމުކުރަމާ! – ޒަޢީމާ އާއެކު” ޕްރޮގްރާމު ގެ ލިންކް:
https://www.clubhouse.com/join/muniavas/lRlP5Flg/PN67zR1G

މުުނިއަވަސް ކްލަބްހައުސްގެ ޕްރޮގްރާމު ތަކަށް ބަދަލުތަކެއް ގެންނަން ފަށާފައިވާއިރު، މިމަހުގެ07 ވަނަ ދުވަހުން ފެށިގެން ހެނދުނު ގެނެސްދޭ “ފަހި ފެށުމެއް” ޕްރޮގްރާމު ދެން ގެނެސްދޭނީ އާދީއްތައިން ބުރާސްފައްޗަށެވެ. ޕްރޮގްރާމު ފަށާނީ ހެނދުނު 10:00ގައެވެ. މި ބަދަލަކީ ޕްރޮގްރާމުގައި އާއްމުކޮށް ބައިވެރިވަމުން އަންނަ އެހުންތެރިންްނާއި ބައިވެރިންގެ އެދުމަށް ގެނައި ބަދަލެއްކަމަށް މުުނިއަވަސް ކްލަބްހައުސް އިން މަޢުލޫމާތު ދެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.