ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސީޒަންގެ “ކައުޝީ” ނިންމަން އަމާޒުހިފައިފި

ރާއްޖޭގެ މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ޢަލީ ސީޒަންގެ ’އެސް ޕްރޮޑަކްޝަންސް‘ އިން އުފައްދާ ސިންގަޅަ ފިލްމު ”ކައުޝީ”ގެ މަސައްކަތް ނިންމަން އަމާޒު ހިފައިފި އެވެ.

ސީޒަން ޑައިރެކްޓްކުރާ ފުރަތަމަ ސިންގަޅަ ފިލްމު ”ކައުޝީ”އަކީ ބިރުވެރި ފިލްމެވެ. ”ކައުޝީ”ގެ ތަރިންގެ ތެރޭގައި އަމިލަ ކަރުނާނަޔަކް އާއި ރަންގީ ރާޖަޕަކްސަ ގެ އިތުރުން ބިޔަންކާ ސަލްވަޓޯ އަދި އިސުރު ސަމްޕަތު ހަރަކާތްތެރިވެއެވެ.

މި ފިލްމުގެ ޝޫޓިންފަށައި ޝޫޓިން ނިންމައިލީ މީގެ ތިން އަހަރު ކުރިން ލަންކާގައެވެ. ފިލްމުގެ ޕޯސްޓް-ޕްރޮޑަކްޝަން މަސައްކަތް މިހާރު ކުރެވެމުން އަންނައިރު، މިއީ ރާއްޖޭގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު/ލަވަކިޔުންތެރިޔާ އިބްރާހިމް ނިފާރު (ތިއްތި) ގެ ވާހަކައަކަށް ސީޒަން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ މަންޒަރުތައް ނެގީ މާސްކޭ އެވެ. ފިލްމު އެޑިޓް ކޮށްފައި ވަނީ ވެސް  އަލީ ސީޒަން އެވެ.

މީގެ އެއް އަހަރު ކުރިން ޑަބިން މަސައްކަތް ފަށާފައިވާ މި ފިލްމާ ބެހޭ ގޮތުން ސީޒަން ބުނީ ބާކީ ނުނިމި ހުރި މަސައްކަތްތައް ނިންމުމުގެ މަސައްކަތް މިހާރު މާލެ އާއި ލަންކާގައި ކުރިއަށްދާ ކަމަށެވެ. ފިލްމުގެ ސްޕެޝަލް އިފެކްޓްސް ހަދަނީ އިލްޔާސް ވަހީދުގެ ފިލްމު “ބަވަތި” ގެ ވެސް ވީއެފްއެކްސް ހެދި ރާއްޖޭގެ މަޝްހޫރު ސްޓޫޑިއޯ އޯކޭޒް އިންކުންނެވެ.

ސީޒަން ބުނީ މި އަހަރު އޮކްޓޫބަރު މަހަށް ފިލްމުގެ މަސައްކަތް އެއްކޮށް ކޮށް ނިންމައިލުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

މުނިއަވަސް އަށް ސީޒަން ބުނީ ފިލްމުގެ ދިވެހި ވާޝަން އެއް ނެރޭނެ ކަމަށާއި ތާރީޚެއް ހާމަކުރެވޭނީ ލަންކާގައި ފިލްމު ރިލީޒްކުރާނެ ތާރީޚެއް ފައިނަލް ވުމަށްފަހުގައި ކަމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top