ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު “ޕަތާން”ގެ ބްލޮކްބަސްޓަރ ލަވައެއްގެ ޝޫޓިންގއަށް، ޝާހްރުކާއި ދީޕިކާ ޕަދުކޯނޭ މިފެށޭ އޮކްޓޫބަރު މަހު މަލޯކާއަށް ދާން ހަމަޖެހިއްޖެއެވެ. ފިލްމުގެ ޓީމާއެކު މި 2 ތަރިން މަލޯކާއަށް ފުރަން ހަމަޖެހިފައިވަނީ އޮކްޓޫބަރު 7 ގައެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި އޮކްޓޫބަރު 7 އިން ފެށިގެން މަސް ނިމެންދެން “ޕަތާން”ގެ ޓީމު ތިބޭނީ ސްޕެއިންގައެވެ. އެއީ ފިލްމުގެ ޝޫޓިންގ އޮކްޓޫބަރު މަސް ތެރޭގައި ނިންމަން ބޭނުންވާތީއެވެ.
މީގެ ކުރިން ވެސް މި 2 ތަރިން އެއްކޮށް ވަނީ ބައެއް ފިލްމުތަކުނެ ފެނިފައެވެ. އޭގެ ތެރޭގައި 2014 ވަނަ އަހަރު ރިލީޒްކުރި ފިލްމު “ހެޕީ ނިއު އިއަރ” އާއި 2013 ވަނަ އަހަރު ރިލީޒްކުރި ފިލްމު “ޗެންނާއީ އެކްސްޕްރެސް” އަދ ި2007ގައި ރިލީޒްކުރި ފިލްމު “އޯމް ޝާންތީ އޯމް”ގެ އިތުރުން “ޑޮން3” ހިމެނެއެވެ.

ޝާހްރުކް އެންމެ ފަހުން ފެނިފައިވަނީ ފިލްމު “ޒީރޯ” އިންނެވެ.
