ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ޑްރައިވިންގ ލައިސަންސް”ގެ ހިންދީ ރިމޭކެއް ހަދަނީ!

އަކްޝޭ އާއި ކަރަން ޖޯހަރް އަދި ރާޖް މެހްތާގެ ދެން މަސައްކަތް ފަށަން އޮތް ފިލްމު މިއަދު ހާމަކޮށްފިއެވެ. މިފިލްމަކީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންގެ ދަށުން އަކްޝޭ ކުމާރު ލީޑް ރޯލުން ފެނިގެންދާނޭ ފިލްމެކެވެ.

ފިލްމާ ބެހޭ ގޮތުން އަކްޝޭ އާއި ކަރަން އަދި ރާޖް ބުނެފައިވަނީ، މިފިލްމަކީ ޕްރިތުވިރާޖްގެ މަލަޔާލަމް ފިލްމު “ޑްރައިވިންގ ލައިސަންސް”ގެ އޮފިޝަލް ރިމޭކެއް ކަމެވެ. “އަކްޝޭ އާއި އަހަރެމެން ދެމީހުންނަކީ ވެސް އަސްލު ފިލްމާ ވަރަށް ގަޔާވެގެން އެފަދަ ފިލްމުތަކުގެ ސްކްރީންޕްލޭ ކޮންމެވެސް ވަރަކަށް ބަދަލުކޮށްލައިގެން ރިމޭކް ހަދަން ބޭނުންވާ ބައެއް”! އެމީހުން ބުނެފައިވެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި މިފިލްމުގެ ޝޫޓިންގ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ފެށިގެން ދާނެއެވެ. އަދި އަމާޒަކީ 40 ވަރަކަށް ދުވަސް ތެރޭގައި ޝޫޓިންގ އެއްކޮށް ނިންމާލުން ކަމަށް ވެސް ރިޕޯޓުތަކުން މަޢުލޫމާތު ލިބެއެވެ.

އަކްޝޭއާއެކު ދެން ލީޑް ރޯލަށް އެކްޓަރަކު ނަގަން މަސައްކަތް ކުރަމުން ދާކަމަށާއި އަދި ލިބިފައި ނުވާ ކަމަށް އަކްޝޭ ވަނީ ބުނެފައެވެ.

މިވަޤުތަށް ބަލާއިރު މިހާރު އަކްޝޭގެ ޖުމްލަ 2 ރިމޭކެއްގެ މަސައްކަތް އަދި ރިލީޒްނުވެ އެބައޮތެވެ. އެއީ ތަމަޅަ ފިލްމު “ޖިގަރްތަންޑާ”ގެ ރިމޭކް “ބައްޗަން ޕާންޑޭ” އާއި 2018ގައި ރިލީޒްކުރި “ރަތުސާސަން”ގެ ރިމޭކް “ސިންދްރެއްލާ”އެވެ. މީގެ އިތުރުން ވެސް އަކްޝޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި “ސޫރްޔަވަންޝީ” އާއި “ރަކްޝާ ބަންދަން” އަދި “ރާމް ސޭޓޫ”ގެ އިތުރުން “ޕްރިތުވިރާޖް” ހިމެނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top