ބޮލީވުޑްގެ މަޝްހޫރު ފިލްމް މޭކަރ މޯހިތު ސޫރީގެ ޑައިރެކްޝަންގެ ދަށުން ގެނެސްދޭ ފިލްމު “އޭކް ވިލަން ރިޓާންސް” 2022ގައި ރިލީޒްކުރަން ހަމަޖެހިއްޖެއެވެ. 2022 ޖުލައި 08 ގައި މިފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާކަމަށް ބުނެ އިއްޔެ ވަނީ ފިލްމުގެ ޕޯސްޓަރެއް ބެލުންތެރިންނަށް ދައްކާލައިފައެވެ.

“އޭކް ވިލަން ރިޓާންސް” އަކީ 2014 ވަނަ އަހަރު ސިދާތު މަލްހޯތުރާ އާއި ރިތޭޝް ދޭޝްމުކްގެ އިތުރުން ޝްރަދާ ކަޕޫރު ފެނިގެންދިޔަ ފިލްމު “އޭކް ވިލަން”ގެ ސީކުއެލްއެކެވެ.

މިފިލްމުގައި ލީޑް ރޯލުތަކުން ފެނިގެންދާނީ ޖޯން އަބްރަހަމް އާއި އަރްޖުން ކަޕޫރު އަދި ދިޝާ ޕާތުނީގެ އިތުރުން ތާރާ ސުތާރިއާއެވެ. މިއީ ޓީ-ސީރީޒް އާއި ބަލާޖީ ޓެލެފިލްމްސްގެ ޕްރޮޑަކްޝަންގެ ދަށުން ގެނެސްދޭ ފިލްމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ނާޢިމް ޢަލީ
މުނިއަވަސްގެ އެންމެ ހަގު ލިޔުންތެރިޔާ ނާާޢިމް ޢަލީ އަކީ ލިޔުންތެރިކަމުގައި ތަޖުރިބާހުރި ޒުވާނެކެވެ.
ނާޢިމް ޚާއްޞަވަނީ ބޮލީވުޑް އަދި ހޮލީވުޑްގެ ޚަބަރުތަކަށެވެ.