ޑްރަގް ރެއިޑްއަކަށް ފަހު ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާން، އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)ގެ ބެލުމުގެ ދަށަށް ގެންދިޔަފަހުން ޝާހް ރުކް ޚާން ގޮތްހުސްވެއްޖެއެވެ.
ރިޕޯޓްތައް ބުނާގޮތުން ޝާހް ރުކް ހުރީ ގޮތްހުސްވެ، ކެއުން ބުއިމާއި ނިދުމުންވެސް ދުރުހެލިވެ މޮޅި ސާލެއް ލައިގެންނެވެ. ޝާހްގެ ވަރަށް ގާތް ރައްޓެއްސެއް ބޮލީވުޑް ލައިފަށް މަޢުލޫމާތުދެމުން ބުނީ ބޭރުފުށުން ހަމަޖެހިފައި ހުރި ގޮތް ދައްކަމުން ދިޔަ ނަމަވެސް ޝާހް ރުކް ހުރީ އެތެރެފުށުން ގޮތް ހުސްވެ، ރުޅިގަދަވެފައެވެ. އޭނާ އިތުރަށް ބުނީ ޝާހް ރުކް ހުރީ ކެއުމާއި ނިދުމުން ދުރުވެ ހަދާނެގޮތް ހުސްވެފައެވެ.
ރިޕޯޓްތައް ބުނާގޮތުން، މި ހަފުތާގެ ހޯމަ ދުވަހު ފިލްމީ މަސައްކަތަށް އެނބުރި ނުކުތުމަށް ޝާހް ވިސްނައިގެން ހުރީ ހޯމަ ދުވަސް އައުމުގެ ކުރިން އާރްޔަން ގެއަށް ގެނެވޭނެކަމަށް އުއްމީދުކޮށްގެންނެވެ. ނަމަވެސް ކަންތައްތައް އޭނާ ހީކުރި ގޮތަށް ނުދިއުމުން ޝޫޓިން ޝެޑިއުލްވެސް ވަނީ ކެންސަލްކޮށްފައެވެ.
ގާނޫނާ ޚިލާފަށް ޑްރަގް ބޭނުން ކޮށްފައިވާ ކަމުގެ ތުހުމަތުގައި އެންސީބީގެ ބެލުމުގެ ދަށަށް އާރްޔަން ގެންދިޔައީ މިދިޔަ ހަފުތާގައެވެ. އެންސީބީގެ އޮފިޝަލުން ސުވާލުތައް ކުރަން ފެށުމުން އާރްޔަން އަށް އެހެން ގޮތެއް ނެތިގެން ހުރިހައި ކަމެއް ކިޔައިދޭން މަޖުބޫރުވިއެވެ. އާރްޔަން އެއްބަސްވި ގޮތުން މަސްތުވުމަށް ބޭނުންކުރާ އެތަކެއް ބާވަތްތަކެއް އޭނާ ބޭނުންކުރަމުން އަންނަތާ ހަތަރު އަހަރަށްވުރެން ގިނަދުވަސް ވެއްޖެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!