ބޮލީވުޑްގެ ކިންގް ޚާންގެ އުފަންދުވަހާ ދިމާކޮަށް ދުނިޔޭގެ އެންމެ ވަރުގަދަ އެއް އޮންލައިން ފިލްމު ސްޓްރީމިންގ ޕްލެޓްފޯމް ނެޓްފްލިކްސް އަށް ވަރުގަދަ އިންޒާރެއް ދީފި އެވެ.

“ހެލޯ ނެޓްފްލިކްސް މީހާ. އަހަރުމެން މިތިބަ ތަނެއް ގެސްކޮށްލަބަލަ!”

– ޝާހް ރުކް ޚާން – ފިލްމު “ޖަވާން”ގެ ނެޓްފްލިކްސް ޓްރެއިލާ

ޝާހް ރުކް މިހެން ބުނާއިރު އޭނާގެ އަތުގައި ބޮމެއްގެ ރިމޯޓްކޮންޓްރޯލެއް އޮވެއެވެ. ފިލްމު “ޖަވާން”ގެ މަންޒަރުތަކެއް ގޮތަށް ކުޅެފައިވާ ޚާއްޞަ އިޝްތިހާރުން ފެނިގެންދަނީ ޝައުޤުވެރި މަންޒަރުތަކެކެވެ. އިވިގެން ދަނީ އަދި މާބޮޑަށްވެސް ޝައުޤުވެރި ޑައިލޮގުތަކެކެވެ.

“ޝާހް ރުކް ތޯ؟”

– ފިލްމު “ޖަވާން”ގެ ނެޓްފްލިކްސް ޓްރެއިލާ އިން ޝާހް ރުކް ގުޅައިގެން ވާހަކަދައްކާ މީހާ

“ކުރިއަށް އޮތް ދެ މިނެޓް ތެރޭގަ ފިލްމު “ޖަވާން” ނެޓްފްލިކްސްގަ ރިލީޒްކުރޭ! އެހެން ނޫނީ ކަލޭމެންގެ ‘ޓުޑުމް’ ‘ބުޑުމް’ އަކަށް އަހަރެން ހަދާނަން.”

– ޝާހް ރުކް ޚާން – ފިލްމު “ޖަވާން”ގެ ނެޓްފްލިކްސް ޓްރެއިލާ

މި ޝައުޤުވެރި ޓްރެއިލާގެ ބާކީ ބައި ބަލައިލާށެވެ.

ނެޓްފްލިކްސް މެދުވެރިކޮށް ފިލްމު “ޖަވާން”ގެ އެކްސްޓެންޑެޑް ވާޝަން މިހާރު ބަލައިލެވޭނެ އެވެ.

އެޓްލީ ކުމާރު ޑައިރެކްކޮށްފައިވާ “ޖަވާން” ނެޓްފްލިކްސްގައި ރިލީޒްކޮށްފައި ވަނީ، ސިނަމާގައި ދެއްކުމަށް ތައްޔާރުކުރި މާސްޓާއިން އުނިކޮށްފައިވާ މަންޒަރުތަކަކާ އެކުގައެވެ.

ފިލްމުގެ ލީޑްގައި ހަރަކާތްތެރިވަނީ ޝާހް ރުކް ޚާން، ދިޕިކާ ޕަދުކޯން، ނަޔަންތާރާ އަދި ވިޖޭ ސެތުޕަތީ. މީގެ އިތުރުންވެސް ފާހަގަކޮށްލެވޭ ތަރިންތަކެއް ހިމެނެއެވެ.

 

View this post on Instagram

 

A post shared by Netflix India (@netflix_in)

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.