ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ޓޯސްޓާރ” ފެއިލްވުމުން ރާޖްކުމާރް ރާއޯ ކެރިއަރާ ގުޅޭ ބޮޑު ނިންމުމެއް ނިންމައިފި

ބޮލީވުޑްގެ މަޝްހޫރު ތަރި ރާޖްކުމާރް ރާއޯ، އޭނާގެ ދަރިފުޅާ އެކު ވީހާ ވެސް ގިނަ ވަގުތު ހޭދަކުރުމަށްޓަކައި އަހަރަކު ދެ ފިލްމު ކުޅުމަށް ނިންމައިފިއެވެ.

ސޯނާލް ކަލްރާއަށް ދިން އިންޓަވިއުއެއްގައި ރާއޯ ބުނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު އޭނާ އާއި އަންހެނުން ޕަތުރަލޭކާ އަށް ލިބުނު އަންހެން ދަރިފުޅު ޕާރްވަތީގެ ސަބަބުން ދިރިއުޅުން “ވަރަށް ރީތިވެއްޖެ” ކަމަށެވެ. “ކޮންމެ މީހަކު ޕާރްވަތީގެ ވާހަކަ ދައްކާލާއިރަށް މޫނު މައްޗަށް ބޮޑު ހިނިތުންވުމެއް އާދޭ. އެއް ކޯ-އެކްޓަރު އެއް ދުވަހު އަހާލީ ‘ދަރިފުޅުގެ ނަމަކީ ކޮބާހޭ؟’ ބުނީމާ އޭނާ ބުނީ ‘ދަރިންގެ ވާހަކަ ދައްކާއިރު އަހަރެމެންގެ މޫނު ބަދަލުވާކަން ފާހަގަކުރެވޭ ހެއްޔޭ؟’ ހުރިހާ ކަމެއް ބަދަލުވެއްޖެ” ކަމަށް ރާއޯ ބުންޏެވެ.

ރާއޯ ބުނީ ދަރިފުޅު ލިބުމަށް ފަހު ފަސް މަހުގެ ބްރޭކެއް ނެގި ކަމަށާއި، އެއަށް ފަހު “ދާދާ” ޝޫޓް ކުރަން ދާން ޖެހުނީ ވަރަށް އުނދަގުލުން ކަމަށެވެ. “ދަރިފުޅާ އެކު ހުރިހާ ވަގުތެއް ހޭދަކުރަން ބޭނުންވޭ. އެ ރީތި ކުއްޖާ ބޮޑުވާ މަންޒަރު ބަލަން ބޭނުންވޭ” ކަމަށް އޭނާ ބުންޏެވެ.

“ކުރިއަށް ވުރެ މާ މަދުން މަސައްކަތް ކުރަން ނިންމައިފިން. އަހަރަކު ދެ ފިލްމު ކުޅެވޭތޯ ބަލާނީ. މިހާރު ކުޅޭ ފިލްމުތައް ހޮވުމުގައި ވަރަށް ފަރުވާތެރިވަން. ޕާރްވަތީ އާއި މަންމަ އާއި ޕަތުރަލޭކާ ފަޚުރުވެރިވާ ކަހަލަ މަސައްކަތް ކުރަން ބޭނުންވޭ” ކަމަށް ރާއޯ ބުންޏެވެ.

ރާއޯގެ މި ނިންމުން އައީ ނެޓްފްލިކްސް އިން ދާދި ފަހުން ނެރުނު އޭނާގެ ފިލްމު “ޓޯސްޓާރ” ބެލުންތެރިންނަށް ކަމު ނުގޮސް، އިންޑިއަން އެކްސްޕްރެސް އިން ރިޕޯޓުކުރި ގޮތުގައި ކްރިޓިކްސް އެ ފިލްމު “ފީކަޅާ” އުފެއްދުމެއް ކަމަށް ސިފަކޮށްފައި ވަނިކޮށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top