2012 ވަނަ އަހަރު ”އިޝަޤްޒާދޭ“ އިން ބޮލީވުޑަށް ތަޢާރަފުވި ބަތަލު އަރްޖުން ކަޕޫރް ”ދަ ލޭޑީކިލާރ“ ކިޔާ ފިލްމަކަށް ސޮއިކޮށްފިއެވެ.
”ދަ ލޭޑީކިލާރ“ އަކީ ބުޝަން ކުމާރްގެ ޓީ ސީރީޒާއި ޝައިލޭޝް ސިންގ ޕްރޮޑިއުސްކޮށް، 2012 ގެ ”ބީއޭ ޕާސް“ އާއި 2019 ގެ ”ސެކްޝަން 375“ ގެ ޑައިރެކްޓަރު އަޖޭ ބާލް ޑައިރެކްޓްކުރާ ތުރިލާއެކެވެ.
ލޯތްބާއި ސަސްޕެންސާއި އެ ނޫންވެސް އެތައް އިހުސާސެއް އެކުލެވޭ ވާހަކައެއް ކިޔައިދޭ މި ތުރިލާއަކީ އަރްޖުން މިފަހުން ސޮއިކުރި ފިލްމުތަކުގެ ތެރެއިން އެންމެ އުންމީދީ ފިލްމު ކަމަށް އޭނާ ބުނެފައިވެއެވެ.
މިދިޔަ މަހު ރިލީޒްކުރި ހޮރޯ-ކޮމެޑީ ”ބޫތު ޕޮލިސް“ ގެ ލީޑްގައި ހަރަކާތްތެރިވި އަރްޖުންގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި 2014 ގައި މޯހިތު ސޫރީ ގެނެސްދިން ކާމިޔާބު ތުރިލާ ”އޭކް ވިލަން“ ގެ ސީކުއެލް ”އޭކް ވިލަން ރިޓާންސް“ އާއި އަލަށް ޑައިރެކްޝަނަށް ނުކުތް އާސްމާން ބަރްދުވާޖްގެ ކްރައިމް ޑްރާމާ ”ކުއްތޭ“ ހިމެނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




