ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“މީވެސް ތަފާތު ވާހަކައެއް – ޢީސައާ އެކު”

މީވެސް ތަފާތު ވާހަކައެއް – ޢީސައާ އެކު” މި ނަމުގައި މުުނިއަވަސް ކްލަބްހައުސް އިން ދަންވަރު ޝޯއެއް ބާއްވަން ނިންމައި، މިރޭ 00:00އަށް ތާވަލްކޮށްފިއެވެ. މިއީ ތަފާތު އާދަޔާޚިލާފު ވާހަކަތައް، ތަފާތު ސްޓައިލެއްގައި ގެނެސްދިނުމަށް މުނިއަވަސްގެ ކްރިއޭޓިވް ޑައިރެކްޓަރ ޢީސާ ޝަރީފު ޕްރޮޑިއުސްކޮށް ގެނެސްދޭ ޕްރޮގްރާމެކެވެ.

މީވެސް ތަފާތު ވާހަކައެއް – ޢީސައާ އެކު” ގެނެސްދޭނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ބާރަޖަހާ އިރުއެވެ. މި ޝޯވގައި ރޫހާނީ، ބިރުވެރި އަދި އާދަޔާޚިލާފު ތަފާތު ވާހަކަތައް ގެނެސްދިނުމަށް ނިންމާފައިވާކަމަށް ޢީސަ ބުނެއެވެ. މި ޕްރޮގްރާމުގެ ހުރިހައި މަސައްކަތެއްހެން ކޮށްފައިވަނީ ފިލްމު “ފަތިސްހަނދުވަރު”ން ދިވެހި ފިލްމަށް ލޯބިކުރާ ފަރާތްތަކުގެ ހިތްތަކަށް އާދަޔާޚިލާފު ބިރެވިކަމެއް ގެނެސްދިން ހުނަރުވެރި ޑައިރެކްޓަރ ޢީސަ އެވެ.

މުނިއަވަސް މެންދަމު ޝޯވ “މީވެސް ތަފާތު ވާހަކައެއް – ޢީސައާ އެކު” މި ޕްރޮގްރާމުގައި ފަސްލެވި ވަޅުޖެހިފައިވާ ވާހަކަތަކުގެ ތެރެއިން ސިއްރުން ފުރިގެންވާ ވާހަކަތަކެއް ގެނެސްދޭން ނިންމާފައިވެއެވެ. މީގެ އިތުރުންް ކޮންމެ އެޕިސޯޑެއް އަޑުއައްސަވަން ތިއްބަވާ އޯޑިއަންސްގެ ފަރާތުން، މިފަދަ ވާހަކަތައް ބިނާކުރުމަށް ބޭނުންކުރެވިދާނެ ކޮންސެޕްޓް ނުވަތަ ޚިޔާލުތައް ހޯދުންވެސް މި ޕްރޮގްރާމުގައި ކުރިއަށްދާނެއެވެ.

@muniavas♬ original sound – MUNIAVAS

މި ޕްރޮގްރާމު އަޑުއައްސަވަން ތިއްބަވާ ބޭފުޅުންގެ އަޑުން މިފަދަ ވާހަކަަތައް ހިއްސާކުރުމުގެ ފުރުޞަތު ހުޅުވައިލުމަށް ވިސްނާކަމަށްވެސް ޢީސަ ބުނެއެވެ.

މީވެސް ތަފާތު ވާހަކައެއް – ޢީސައާ އެކު” ޝޯވގެ ނޮޓިފިކޭޝަން ބަޓަން އެކްޓިވޭޓްކޮށްލާފައި ބެހެއްޓުމަށް ތިރީގައިވާ ލިންކަށް ކްލިކްކޮށްލާށެވެ.

https://www.clubhouse.com/join/muniavas/gqEYDE8E/mybKJdo4

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top