”ދުންކީ“ އާއި ”އައްސަލާމޭ އިޝްޤުމް“ ފަދަ ހިތްގައިމު ލަވަތަކެއް ކިޔާފައިވާ ނޭހާ ބަސީން ”ބިގް ބޮސް 15“ އާއި ގުޅޭކަމަށް ޚަބަރުތައް ބުނަން ފަށައިފިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ނިންމައިލި ”ބިގް ބޮސް އޯޓީޓީ“ ގައިވެސް ބައިވެރިވި ނޭހާ، ވައިލްޑް ކާޑް އެންޓްރީއެއްގެ ގޮތުގައި ”ބިގް ބޮސް“ ގެ ހައުސްއަށް އަންނަ ވާހަކައިގެ އަޑު ގަދަވެފައި މިވަނީ މި ހަފުތާގެ އެލިމިނޭޝަންތަކުގެ އަޑުވެސް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ. ގިނަ ބަޔަކު ބުނާގޮތުގައި ނޭހާ ގެންނަނީ މިހާރު ގެއިން ބޭރުކޮށްލަން ނޮމިނޭޓް ވެފައިވާ އަކާޝާ ސިންގގެ ބަދަލަށެވެ. އަކާޝާގެ އިތުރުން މި ހަފުތާގައި ގެއިން ބޭރުކޮށްލަން ނޮމިނޭޓް ކޮށްފައިވަނީ ސިމްބާ ނާގްޕާލްއާއި ވިޝާލް ކޯޓިއަންއެވެ.
ނޭހާއަކީ ”ބިގް ބޮސް އޯޓީޓީ“ ގައި ޕްރަތީކްގެ ގާތް އެކުވެރިއެއްގެ އިތުރުން ޝަމީތާ ޝެޓީއާއި އެންމެ ގާތް ގުޅުމެއް އޮތް ބައިވެރިޔާއެވެ. ނޭހާ އައިސްފިނަމަ، ”ބިގް ބޮސް“ ގެ ގޭގައި މިހާރު ޝަމީތާ އެކަނިވާވަރަށް އޭރުން އެކަންޏެއް ނުވާނެއެވެ. އޭގެ އިތުރުން ޚަބަރުތައް ބުނާގޮތުން ޝޯވގެ ޕްރޮޑިއުސަރުން ތިބީ ޝޯވގެ ޓީއާރްޕީ ދަށްވާތީ އެހާ ހިތްހަމަޖެހިފައެއް ނޫނެވެ. ޝޯވއަށް ގެންނަ ބަދަލުތަކުގެ އެންމެ ބޮޑު ސަބަބަކީވެސް އެއީކަމަށް ޚަބަރުތައް ބުނެއެވެ.
މީސްމީޑިއާގައިވެސް ފަތުއަޑު ކިޔާފައި ނޭހާ ”ބިސް ބޮސް 15“ އާ ގުޅޭ ވާހަކަ ދެކެވޭއިރު ”ބިގް ބޮސް އޯޓީޓީ“ ގައިވެސް ނޭހާ އަކީ މަޤުބޫލު މޫނެކެވެ. އޭގައި އޭނާ އެންމެ މަޤުބޫލުވީ ޕްރަތީކް ސެހަޖްޕާލްއާއި އަކްޝަރާ ސިންގއާއި ތިން މީހުންގެ މެދުގައި އޮތް ގުޅުމުގެ ސަބަބުންނެވެ.
ނޭހާގެ އެންމެ ފަހުން އިވުނު މަޝްހޫރު ލަވައަކީ 2019 ގައި ފިލްމު ބާރަތު އަށް ކިޔައިދިން ”ޗަޝްނީ“ އެވެ. އޭގެ އިތުރުން ނޭހާގެ މަޝްހޫރުވި ލަވަތަކުގެ ތެރޭގައި ސުލްތާންގެ ”ޖަގް ގޫމެޔާ“، ޓައިގާ ޒިންދާ ހޭ ގެ ”ސްވާގް ސެ ސްވާގަތު“ އަދި ރޭސް 3 ގެ ”ހީރިޔޭ“ ހިމެނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




