ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދިވެހިރާއްޖެއަށް އައިފަހުން ލޯބި ދަސްވެއްޖެ – ޖަސްޓިން ބީބާ

ދިވެހިރާއްޖެއަށް އައިފަހުން ލޯބި ދަސްވެއްޖެ ކަމަށް މިހާރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ މަޝްހޫރު އިނގިރޭސި ޕޮޕް ލަވަކިއުންތެރިޔާ ޖަސްޓިން ބީބާ ބުނެފި އެވެ. ފޯރސީސަންސް މޯލްޑިވްސް އެޓް ލަނޑާގިރާވަރު ގައި ބީބާ ގެ މަންމަ ޕޭޓީ މެލޭޓް އާއިއެކުގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު ކޮންމެ ދުވަހަކުވެސް ބީބާ އަންނަނީ މީސްމީޑިޔާގެ ވަސީލަތްތައް މެދުވެރިކޮށް ރާއްޖޭގެ މަންޒަރުތަކާއި އެކުގައި އޭނާގެ އިހްސާސްތައް ހާމަކުރަމުންނެވެ.

ޖަސްޓިން ބީބާ އިއްޔެ ކޮށްފައިވާ ޓްވީޓެއްގައި ބުނީ: “އިން ޕެރަޑައިސް” ގައި ކަމަށެވެ. އަދި އޭނާ އިންސްޓާގްރާމް ކުރި ފޮޓޯއެއްވެސް ވަނީ އާއްމުކޮށްފަ އެވެ. އެ ފޮޓޯގައި ބީބާ ހުރީ ދިވެހި ރުކެއްގައި ބައްދާލައިގެންނެވެ. ފޮޓޯގެ ތްފސީލަކަށް ލިޔެފައިވަނީ “ލޯތްބަކީ ކޮންއެއްޗެއްކަން މިހާރު މަށަށް އެނގިއްޖެ.” މިހެންނެވެ.

Now I know what Love is

A post shared by Justin Bieber (@justinbieber) on

ބީބާ ގެ މަންމަ ޕޭޓީ މެލޭޓް ވެސް އަންނަނީ ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ހިއްސާކުރަމުންނެވެ. އޭނާ ހިއްސާކޮށްފައިވާ ބައެއް ފޮޓޯތަކުން އެމީހުން ތިބެނީ މޫދު ބަންގަލޯއެއްގައި ކަން އެނގެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top