ދީނީ ސުވާލެއް އޮތީތަ؟
ކުޅިވަރު
ފަހަތުން އަރާ ލަންކާ އެއްވަރުކުރީ ހުރިހާ ކުޅުންތެރިންގެ ފަރުވާ ކުޑަކަމުން: އަކްރަމް

މަހިންދަ ރާޖަޕަކްސަ ޓްރޮފީ ފޯ ނޭޝަންސް ކަޕްގައި ބައްދަލު ކުރި މެޗުން 4-4 ގެ ނަތީޖާއަކުން ލަންކާއިން ރާއްޖެ ހިފެހެއްޓީ ފަރުވާ ކުޑަ ކޮށްލެވުމުން ކަމަށް ޤައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ ބުނެފިއެވެ.

ފޯ ނޭޝަންސް ކަޕްގައި ރާއްޖެ ބައްދަލު ކުރި ފުރަތަމަ މެޗްގައި ރާއްޖެއިން ވަނީ މެޗުގެ ފުރަތަމަ 58 މިނެޓްގައި ހަތަރު ގޯލް ޖަހާފައެވެ. ލަންކާއިން ފަހަތުން އަރާ ރާއްޖެއާ އެއްވަރު ކުރީ، އޭގެ ފަހުން ހަތަރު ގޯލް ކާމިޔާބުކޮށްގެނެވެ. ލަންކާގެ ހަތަރު ގޯލްވެސް ކާމިޔާބުކޮށްދީފައިވަނީ ވަސީމް ރަޒީކެވެ.

މާދަމާ ބަންގާޅާ ދެކޮޅަށް ރާއްޖެ ނިކުންނަ މެޗުގެ ކުރިން މިއަދު ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަމުން އަކްރަމް ބުނެފައިވަނީ، މެޗުގެ ނަތީޖާއާމެދު އުޒުރެއް ދައްކަން ބޭނުން ނުވާ ކަމަށާއި މެޗު ގެއްލިގެން ދިޔައީ ކުޅުންތެރިން ފަރުވާ ކުޑަކޮށްލުމުން ކަމަށެވެ. އަކްރަމް ބުނީ އިތުރު ތިން، ހަތަރު ގޯލް ޖެހުމުގެ ފުރުސަތުވެސް ރާއްޖެއަށް ލިބުނު ކަމަށާއި ނަމަވެސް ފުރުސަތުގެ ބޭނުން ނުހިފުނު ކަމަށެވެ.

“ވަކި މީހެއް ނޫން އަޅުގަނޑު ވެސް ހިމެނޭހެން ދަނޑުމަތީގައި އެ ވަގުތު ތިބި ކުޅުންތެރިންގެ ފަރުވާ ކުޑަކަމާއި ކޮންސެންޓްރޭޝަން ގެއްލިގެން ވީ ކަމެއް”

އަކްރަމް ބުންޏެވެ.

މާދަމާ ރާއްޖެ ބަންގާޅާ ދެކޮޅަށް ނިކުންނައިރު، އެންމެ ފަހުން ސާފް ޗެންޕިއަންޝިޕްގައި ރާއްޖޭގެ ޓީމުވަނީ 2-0 ގެ ނަތީޖާއަކުން އެ ޓީމު ބަލިކޮށްފައެވެ. ބަންގްލަދޭޝާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު ލަންކާ ރާއްޖޭ ގަޑިން 15:30 ގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top