ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ގިރިޓީ ލޯބި” ސީރީޒްގެ ޓްރެއިލާ ރިލީޒްކޮށްފި

ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި ލަވަކިޔުންތެރިޔާ މަރުހޫމް ނައިފަރު ދޮހޮއްކޮބެ ކިޔާފައިވާ “ގިރިޓީ ލޯބިން ދައްކާ ދަޅައިން، ބަލި ބަލި ހިތްތައް ބުރުއްސައިފިޔޭ،” މި ހިތްގައިމު ލަވައިގެ މިއުޒިކް ކޮޅަކާއެކު ނިމިގެންދާ “ގިރިޓީ ލޯބި” ވެބް ސީރީޒްގެ ޓްރެއިލާ އާއްމުކޮށްފިއެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓްގެ މީސްމީޑިއާ މަންސަތަކުގައި ރޭ ބާރަޖެހިއިރު ރިލީޒްކުރި މި ޓްރެއިލާ ފެށެނީ އާދަމް ރިޒްވީ (ރެކްސް)ގެ މަންޒަރަކުންނެވެ.

“އަހަންނަކަށް ނޭނގޭ މި ވާހަކަ ފަށާނީ ކޮންތާކުން ކަމެއްވެސް. އެކަމަކު ކޮންމެ ހިސާބަކުން ފެށިޔަސް ވެސް މައްސަލައެއް ނެތް.” ލެޕްޓޮޕެއް ކައިރީގައި އިނދެ ރެކްސް ބުނެލައެވެ. މަޖާ ވާހަކަތަކެއް އިވިގެންދާ މި ޓްރެއިލާއިން ފެންނަ ގޮތުން މުޙައްމަދު ވިޝާލް (ރޯމަން) އާއި އައިމިނަތު ރަޝްފާ (އާޝާ) އުޅެނީ ހިތާވެގެންނެވެ. އާޝާގެ ބައްޕައަކީ މުޙައްމަދު މަނިކު އެވެ.

ޢާއިޝަތު ފުއާދު ތަޢުފީޤް އަދި މުޙައްމަދު ޢަލީ (މޮގާ) ޕްރޮޑިއުސްކުރާ މި ސީރީޒްގެ ޑަައިރެކްޓަރަކީ ކުޅަދާނަ ޑައިރެކްޓަރ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ.

ސްކްރީން ރައިޓަރ އަޙްމަދު ޒަރީރު ގެ ސްކްރީން ޕްލޭއަށް ތައްޔާރުކުރާ މި ސީރީޒްގައި މުޅިން އާ ތަރިންވެސް ފެނިގެން ދާނެކަމަށް ޑާކްރެއިން ވަނީ ބުނެފައެވެ.

20 އެޕިސޯޑުގެ މައްޗަށް އެކުލެވިގެންވާ ”ގިރިޓީ ލޯބި“ ވެބް ސީރީޒް ބައިސްކޯފުން ދައްކަން ފަށާނީ މިމަހު 20 ވަނަ ދުވަހުއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top