މޫމިނާ ދުރައިދު ޕްރޮޑަކްޝަނުން ގެނެސްދޭ ޑްރާމާ ސިލްސިލާ ”ބަދުނަސީބް“ މާދަމާ ރޭ ދައްކަން ފަށާގޮތަށް ނިންމައި އޭގެ ޕްރޮމޯ ވީޑިއޯތައް ވެސް ދައްކާލައިފިއެވެ.
ހަމް ޓީވީގެ ”ޗަމަކް ދަމަކް“ އާއި ޖިއޯ ޓީވީގެ ”މުނާފިޤް“ ފަދަ ސިލްސިލާތަކުގެ ބަތަލު އާޣާ ތަލާލް ޚާން އާއި ވަން ޓީވީ ޕަކިސްތާންގެ ”އަދޫރީ ކަހާނީ“ އާއި އޭ ޕްލަސްގެ ”ހާރާ ދިލް“ ގެ ބަތަލާ ދާނިއާ އަންވަރު ލީޑް ރޯލުން ފެނިގެންދާ މި ޑްރާމާގެ މައިގަނޑު އެހެން ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ސަމީނާ އަޙްމަދާއި ފަރާ ނާދިރް އާއި ކަމްރާން ޖިލާނީ އާއި އަފްރާޒް ރަސޫލް ހިމެނެއެވެ. އޭގެ އިތުރުން ކުޑަކުދިންގެ ގޮތުގައި ވަރަށް މުހިންމު ރޯލުތަކަކުން އަނޫޝޭ ރާނިއާ އާއި ޚުޝީ މަހީންގެ އިތުރުން ފަލަކް ޝެހެޒާދު ވެސް ފެނިގެންދާނެއެވެ.
އާއިލާގެ ތެރޭގައި އޮންނަ ޖިންސީ ތަފާތުކުރުންތަކުގެ ސަބަބުން ދިމާވާ ކަންތައްތަކެއް ކިޔައިދޭ މި ޑްރާމާ ޑައިރެކްޓްކޮށްފައިވަނީ މިދިޔަ އަހަރު ހަމް ޓީވީއިން ގެނެސްދިން ކާމިޔާބު ޑްރާމާ ސިލްސިލާ ”ޗަމަކް ދަމަކް“ ގެ ޑައިރެކްޓަރު ހަސީބް ޢަލީއެވެ. އޭނާގެ ކާމިޔާބު އެހެން ޑްރާމާތަކުގެ ތެރޭގައި ”ތޭރާ ޔަހާނ ކޯއީ ނެހީ“ އާއި ”މާ ސާދުގޭ“ ހިމެނެއެވެ.
”ތުމް ސޭ ކެހެނާ ތާ“ އާއި ”ކާސާ އޭ ދިލް“ އާއި ”ދިލޭ މޫމިން“ އާއި ”މަލައިކާ“ ފަދަ ކާމިޔާބު ޑްރާމާތައް ލިޔެދިން ޖަހަންޒައިބް ޤަމަރް ލިޔެފައިވާ ”ބަދުނަސީބް“ ހަފުތާގެ ކޮންމެ ރެއަކު ރާއްޖެ ގަޑިން 19:00 ގައި ހަމް ޓީވީއިން ދައްކާގޮތަށް ވަނީ ހަމަޖައްސާފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




