ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަދި ރީތީގެ ރާނީ އައިޝްވާރިޔާ ރާއީ އާއި އޭނާގެ ފިރިމީހާ އަބީޝެކް ބައްޗަން އެމީހުންގެ ދަރިފުޅު އަރާދްޔާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
އަމިއްލަ މޯލްޑިވްސް ރިސޯޓް އެންޑް ރެސިޑެންސް ގައި އެމީހުން ޗުއްޓީ ހޭދަކުރަމުން ދާއިރު މިއަދު އައިޝްވާރިޔާގެ އިންސްޓަގްރާމްގައި އެ ރިސޯޓުގެ ފޮޓޯއެއް ޕޯސްޓް ކުރަމުން ކެޕްޝަންގައި ”އިރު، ދޯދި އަދި ސުވަރުގެ“ ޖަހާފައިވެއެވެ. އެ ޕޯސްޓަށް ދެ ލައްކައަށްވުރެ ގިނަ މީހުން ލައިކް ކޮށް، އެތައް ބަޔަކު ވަނީ ކޮމެންޓް ކޮށްފައެވެ.
ޚަބަރުތައް ބުނާގޮތުން އެ އާއިލާ ރާއްޖެ އައީ ނޮވެމްބަރު 16 ގައި އަރާދްޔާގެ 10 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށެވެ. އަރާދިޔާގެ އުފަންދުވަސް ފާހަގަކުރަން އެ އާއިލާ ރާއްޖެ އައިއިރު، މިމަހު ކުރީކޮޅު އައިޝްވާރިޔާގެ އުފަންދުވަސް ފާހަގަކުރަންވެސް އެމީހުން ވަނީ ރާއްޖެ އައިސްފައެވެ. އެފަހަރު އެމީހުން ޗުއްޓީ ހޭދަކުރީ ފޯ ސީޒަންސް ރިސޯޓުގައެވެ.
ސަންޖޭ ލީލާ ބަންސާލީގެ ”ހަމް ދިލް ދޭ ޗުކޭ ސަނަމް“ އަށްފަހު ބޮލީވުޑުން ބޮޑު ސަމާލުކަމެއް ލިބުނު އައިޝްވާރިޔާގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ސުބާޝް ގާއީގެ ”ތާލް“ އާއި އަދިތުޔާ ޗޯޕްރާގެ ”މޮހައްބަތޭން“ އާއި ސަންޖޭ ލީލާ ބަންސާލީގެ ”ދޭވްދާސް“ އާއި ޔާޝް ރާޖް ފިލްމްސްގެ ”ދޫމް 2“ އާއި މަނީ ރަތުނަމްގެ ”ގުރޫ“ އަދި ކަރަން ޖޯހަރްގެ ”އޭ ދިލް ހެ މުޝްކިލް“ ހިމެނެއެވެ.
2018 ގެ ފިލްމު ”ފަންނޭ ޚާން“ އިން އެންމެ ފަހުން އައިޝްވާރިޔާ ފެނުނުއިރު އޭނާގެ ދެން އެންމެ އަވަހަށް ރިލީޒްވާން އޮތް ފިލްމަކީ އައިޝްވާރިޔާ ޑަބަލް ރޯލުން ފެންނާނެ މަނީ ރަތުނަމްގެ ތަމަޅަ ފިލްމު ”ޕޮންނިޔިން ސެލްވަން 1“ އެވެ. 2022 ގައި މި ފިލްމު ރިލީޒްކުރަން ނިންމާފައިވާއިރު އޭގެ ދެވަނަ ބައި 2023 ގައި ގެނެސްދޭން ވަނީ ނިންމާފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




