ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ތަފާތު އެކްޓިންއަކާ އެކު ޝާނާ “ބީވުން” ސީރީޒުން

މޭޓް ސްޓޫޑިއޯއިން ޕްރޮޑިއުސްކޮށް، ބްލޫ ވޭވް އެންޓަޓެއިންމެންޓާ ގުޅިގެން އުފައްދަމުން އަންނަ “ބީވުން” ވެބް ސީރީޒްގެ ވަރަށް މުހިންމު ރޯލަކުން ޓިކްޓޮކްގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ޝާނާ ސަޢީދު ފެނިގެންދާނެކަމަށް އެ ސީރީޒްގެ ޕްރޮޑަކްޝަން ޓީމުން ބުނެފިއެވެ. އުއްމީދީ އެކްޓްރެސް ޝާނާ ފެނިގެންދާނީ ވަރަށް ތަފާތު، އަދި އެހާމެ ވަރުގަދަ ރޯލަކުން މި ސީރީޒްގެ ދެވަނަ އަންހެން ލީޑެއްގެ ގޮތުގައެވެ.

އަސަރުގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް ޝޫޓްކުރަމުން އަންނަ “ބީވުން“ގައި ޝާނާ ފެނިގެންދާނީ މަސްތުވާތަކެތި ބޭނުންކުރާ ކުއްޖެއްގެ ރޯލުކަމަށް މި ސީރީޒް ކެމެރާކޮށް ޑައިރެކްޓްކުރާ ޢަލީ ރަޝީދު (ގޮޅާ އައްޔަ) މުނިއަވަސް އަށް މަޢުލޫމާތުދެމުން ބުންޏެވެ.

މި ސީރީޒްގައި ޝާނާ ދައްކަމުން އަންނަ އެކްޓިންއާމެދު ހިތްހަމެޖިފައި ހުރި ޑައިރެކްޓަރ ޢަލީ ރަޝީދު ބުނީ ޝާނާގެ އެކްޓިން ވަރަށް ފުރިހަމަ ކަމަށާ، އޭނާއަކީ ގަޑިއަށް ވަރަށް ފަރުވާތެރި ކުއްޖެއް ކަމަށެވެ.

ބީވުން” ސީރީޒަށް ޝާނާ ގެނެސްދިނުމުގައި މެދުވެރިއަކަށްވީ މި ސީރީޒްގެ ލީޑް ޝިފާ އެވެ. މިހާރުވެސް 44 ހާހަށްވުރެން ގިނަ ފޮލޯވަރުންތިބި ޝާނާ އަކީ ޓިކްޓޮކްގެ އިތުރުން ފިލްމުތަކާއި ސީރީޒްތަކުގައިވެސް އަވަދިނެތި މަސައްކަތްކުރަމުން އަންނަ ތަރިއެއްކަން ފާހަގަކޮށްލެވެއެވެ.

80 އިންސައްތަ ޝޫޓްކޮށް ނިމިފައިވާ “ބީވުން” މިއީ އާމިނަތު ރިނާޒާ ލިޔެފައިވާ ސްކްރީންޕްލޭ އަކަށް ހަދާ ސީރީޒެކެވެ.

ބީވުން“ގެ ލީޑް ކުޅެނީ ހުނަރުވެރި އެކްޓްރެސް މަރްރިޔަމް ޝިފާ އާއި ހުނަރުވެރި އެކްޓަރ އަޙްމަދު ޝާރިފް އެވެ. އިތުރު ތަރިންގެ ތެރޭގައި ޢަލީ ޝަމީލް، ފާޠިމަތު ލަޠީފާ، ޔޫޝަޢު، މަރްޔަމް ޙަލީމްގެ އިތުރުން ސާނާ ހިމެނެއެވެ.

ބީވުން“ގެ ދެ ޓްރެއިލާއެއް މިހާތަނަށް އައިއިރު ރިލީޒްކޮށްފައިވެއެވެ.

[aiovg_video type=”facebook” facebook=”https://www.facebook.com/MUNIAVAS/videos/414073040098509″ poster=”http://www.muniavas.com/wp-content/uploads/2021/11/BEEVUN.jpg”]

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top