ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބާރްތީގެ “އިންޑިއަން ގޭމް ޝޯވ” ފަށައިފި

މަޝްހޫރު ކޮމޭޑިއަން ބާރްތީ ސިންގ އާއި އޭނާގެ ފިރިމީހާ ހަރްޝް ލިމްބާޗީޔާގެ އަލަތު ޔޫޓިއުބް ޝޯވ “އިންޑިއަން ގޭމް ޝޯވ” ފަށައިފިއެވެ.

މިއަދު އެ ދެމަފިރިންގެ ޔޫޓިއުބް ޗެނަލް “ބާރްތީ ޓީވީ” އިން ޝޯވ ފެށިއިރު، ފުރަތަމަ އެޕިސޯޑުންވެސް މިއީ ވަރަށް މަޖާވާނެ ގޭމް ޝޯވއެއްކަން ޔަޤީން ކުރެވެއެވެ. ދެ ޓީމުގެ މެދުގައި ވާދަކުރާ ގޮތަށް ޝޯވގެ ކޮންސެޕްޓް ރާވާފައި އޮތްއިރު، މިއަދުގެ އެޕިސޯޑުގައި ވާދަކުރީ އޮރެންޖު ޓީމާއި ދަނބު ޓީމެވެ.

11-6 ގެ ނަތީޖާއަކުން ދަނބު ޓީމު މޮޅުވުމުން ޝޯވ ސްޕޮންސަރ ކޮށްފައިވާ ފަރާތުން ވަނީ 1000 ޑޮލަރުގެ ޗެކެއް އެ ޓީމާއި ހަވާލުކޮށްފައެވެ.

އެތައް ސެލެބްރިޓީންނެއް ހިމަނައިގެން ޝޯވ ކުރިއަށް ގެންދިޔުމަކީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވީނަމަވެސް ހުރިހާ ސެލެބްރިޓީންގެ ފަރާތުންވެސް ލިބުނު އެއްބާރުލުމަށް ޝޯވގެ އުފެއްދުންތެރިޔާ ހަރްޝް ވަނީ ހުރިހާ ސެލެބްރިޓީންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

ބާރްތީ އާއި ހަރްޝްގެ އިތުރުން ލަވަކިޔުންތެރިޔާ އަދި ހޯސްޓް އަދިތުޔާ ނާރަޔަން ހުށަހަޅައިދޭ މި ޝޯވގައި ބައިވެރިވާ ސެލެބްރިޓީންގެ ތެރޭގައި ޖޭސްމީން ބަސީން އާއި ފައިސޫ އާއި ޝިވިން ނަރަންގް އާއި އަލީ ގޯނީ އާއި ޕުނީތު ޖޭ ޕާޓަކް އާއި ރާގަވް ޖުޔަލް ފަދަ އެތައް ސެލެބްރިޓީންނެއް ހިމެނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top