ހަމް ޓީވީއިން އަލަށް ފަށަން ތައްޔާރުވަމުން އަންނަ ޑްރާމާ ސިލްސިލާ “ބީބާކް” ގެ ޕްރޮމޯޝަންތައް ފަށައިފިއެވެ.
ޑްރާމާ ދައްކަން ފަށާނެ ތާރީޚެއް އަދި އިޢުލާނު ނުކުރާ “ބީބާކް” ގެ 4 ޓީޒާއެއް ދައްކާލާފައިވާއިރު، ޓީޒާތަކުންވެސް މިއީ ވަރަށް ޝައުޤުވެރިވާނެ ޑްރާމާއެއް ކަމަށް ބެލެވެއެވެ. އަމިއްލަ އެދުމުން ފޯވެފައިވާ ވަފާ ނަމަކަށް ކިޔާ އަންހެންކުއްޖެއްގެ ވާހަކަ ކިޔައިދޭ މި ޑްރާމާގައި ކިޔައިދޭނީ އަމިއްލަ ހިތްހަމަޖެހުމަށްޓަކައި އެހެން މީހުންގެ އިހުސާސްތަކާއި ކުޅެމުން ދަނިކޮށް އޭނާއަށް މީހަކުދެކެ ލޯބިވެވޭ ހިސާބުން ހިނގާ ކަންތައްތަކެކެވެ.
ޔަޝްމާ ގިލް އާއި ޢަލީ އަންސާރީ އާއި ލައިލާ ވާސްތީ އާއި އަދުނާން ޝާހް ފަދަ ތަރިން މައިގަނޑު ރޯލުތަކުން ފެނިގެންދާ “ބީބާކް” އަކީ ޢަބްދުލް ޚަލީޤް ޚާން އާއި ރަކްޝަންދާ ރިޒްވީ ލިޔެ، މުހްސިން ތައްލަތު ޑައިރެކްޓްކޮށްފައިވާ ޑްރާމާއެކެވެ. މި ޑްރާމާ އުފައްދަނީ މޫމަލް އެންޓަޓެއިންމެންޓާއި މޫމިނާ ދުރައިދު ޕްރޮޑަކްޝަންސް ގުޅިގެންނެވެ.
