ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެސްޓަން ވިލާ އިން ލެސްޓާ ސިޓީ ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އިން 2-1 ގެ ނަތީޖާއަކުން ލެސްޓާ ސިޓީ ބަލިކޮށްފިއެވެ.

ރޭ އެސްޓަން ވިލާ ދަނޑުގައި ލީޑުނެގީ ލެސްޓާ އިންނެވެ. ޖޭމީ ވާޑީގެ މަގާމުގައި ލެސްޓާގެ އެންމެ ކުރިއަށް ކުޅެމުން ދިޔަ ޕެޓްސަން ޑަކާ ދިން ބޯޅައަކުން މެޗުގެ 14 ވަނަ މިނިޓްގައި ލެސްޓާ އަށް ލީޑުނަގައިދިނީ ހާވީ ބާންސް އެވެ. ލެސްޓާ އަށް ލީޑު ހިފަހައްޓައިލެވުނީ ތިން މިނިޓް އެވެ. މެޗުގެ 17 ވަނަ މިނިޓްގައި އެސްޓަން ވިލާގެ އެމީ ބުއެންޑީއާ ބޮލުން ޖެހި ބޯޅަ ގޯލަށް ވަނީ އެޒްރީ ކޮންސާ ފައިގައި ޖެހިފައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ވިލާގެ ޖޭކޮބް ރަމްސޭ ޖެހި ގޯލެއް ރެފްރީ ބަލައިނުގަތެވެ. އެއީ ލެސްޓާގެ ކީޕަރު ކެސްޕާ ޝްމައިކަލަށް ފައުލް ކޮށްފައި ޖެހި ގޯލެއް ކަމަށް ބެލުމަށް ފަހުގައެވެ. ވިލާ މޮޅުވި ގޯލު ޖެހީ ދެ ވަނަ ހާފުގެ ކުރީކޮޅުގަ އެވެ. ދެ ވަނަ ހާފް ފަށައިގެން ނުވަ މިނިޓް ތެރޭ ޖޯން މެކްގިން ދިން ބޯޅައަކުން ކޮންސާ ވަނީ ދެ ވަނަ ގޯލެއް ޖަހައި ވިލާ މޮޅުކޮށްދީފައެވެ.

ޖެރާޑް މި ވަނީ ވިލާއާ ހަވާލުވިފަހުން ކޯޗުކޮށްދިން ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފަ އެވެ. ހަމައެކަނި ބަލިވީ ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީ އަތުންނެވެ. ލީގުގައި ދެން ވިލާ އަށް އޮތީ ޖެރާޑް 17 އަހަރު ވަންދެން ކުުޅުނު ލިވަޕޫލް މެޗެވެ. އެ މެޗު ކުޅޭނީ ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގަ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top