ކަޒްމިކް އިންޓަނޭޝަނަލް އިން އައިފިލްމްސްއާ ގުޅިގެން އުފައްދަމުން އަންނަ އެންތޮލޮޖީ ސީރީޒް ”މަޒްލޫމް“ގެ ފައިނަލް ޗެޕްޓަރު ނުވަތަ ހަތަރުވަނަ ބައިގެ ނަމާއި އޭގެ ފަސްޓްލުކް އާއްމުކޮށްފިއެވެ. މިފަހަރުގެ ޗެޕްޓަރަށް ދީފައިވާ ނަމަކީ ”ހިންތަ“ އެވެ.
”ހިންތަ“ ވެސް ލިޔެ ޑައިރެކްޓްކުރަނީ އައި ފިލްމްސްގެ ހުނަރުވެރިވެރި ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) އެވެ. ބައިސްކޯފުގައި ރިލީޒްކުރުމަށް ތައްޔާރުކުރަމުން އަންނަ ”ހިންްތަ“ގެ މުހިންމު ތަރިންގެ ތެރޭގައި މަރްޔަމް އައްޒަ، ޢާއިޝަތު ޢަލީ، ސިމްބާ، ރަވީ ފާރޫޤް، އަލީ އުސާމް (ދޮނާ)ގެ އިތުރުން ޢާއިޝަތު ލަހުފާ (ލަހޫ) ހިމެނެއެވެ.
”ހިންތަ“ގެ ފަސްޓްލުކުން ފެންނަ މަންޒަރުން މިފަހަރުގެ ޗެޕްޓަރަށް ވެސް ބެލުންތެރިން ކުރަމުން އަންނަ އިންތިޒާރު އިތުރުކޮށްދެއެވެ.
View this post on Instagram
ހިންތަަ ނުވަތަ ހިންތާގެ މާނަތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި މަކަރު، ހީލަތް، އިޔަހޫދި، ކެހި، ވިސްނާ ވިސްނުން. އަދި ކުރާ ފިކުރު ހިމެނެއެވެ. އެހެންކަމުން ކަޒްމިކް އިންޓަނޭޝަނަލްގެ ”ހިންތަ“ އިން ހަމަ ގައިމުވެސް މި މާނަތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއް ފެނިގެންދާނެއެވެ.
މަޒްލޫމްގެ ފުރަތަމަ ބައިން ދައްކުވައިދިނީ ރޭޕް ކޭސްއެއްގެ ވާހަކައެވެ. ދެވަނަ ބައި ކަމުގައިވާ ”ޒައްރޫކް“ އިން ދައްކުވައިދީފައި ވަނީ މައިންބަފައިންގެ ފަރާތުން އަޅައިލުން ލިބެންވާ ވަރަށް ނުލިބުނު ކުޑަ ކުއްޖަކަށް ދިމާވާ ނަފްސާނީ މައްސަލަތަކެއްގެ ވާހަކައެވެ. ތިންވަނަ ބައިން ދައްކައިދިނީ ގެވެށި އަނިޔާ ލިބެމުންދާ އަންހެނެއްގެ ވާހަކައެވެ. މި ބައިތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 ޑިސެމްބަރ 2025ޚަބަރުމަޝްހޫރު ޑައިރެކްޓަރ ފައްތާހް ނިޔާވެއްޖެ
- 30 ޑިސެމްބަރ 2025ޚަބަރުމުނިއަވަސްގައި ކެމްޕޭން ޕޯސްޓަރާ ބެނާ އަދި އެޑްވަޓޯރިއަލް އާޓިކަލް ޖަހައިދޭން ފަށަނީ
- 30 ޑިސެމްބަރ 2025ޚަބަރުމާލީ އެހީތެރިކަމަށް ޝަރުޠުހަވަމީ 41 މީޑިއާ
- 29 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް އެނބުރި އައުން – ދެވަނަ ބައި



