ވާހަކަ ފަށާނެ ހިސާބެއް ރެކްސްއަށް ނޭނގުނު ސަބަބުވެސް މިހާރު މިއޮތީ އެނގިފައެވެ. ރޯމަން އާއި އައިޝާގެ ލޯތްބަކީ ކިހާ ހިސާބަކަށް ގޮސްފައިވާ ލޯތްބެއްކަންވެސް މިވަނީ އެނގިފައެވެ. ސައްތާރުގެ ބައި ކުޅޭ މަނިކް، އެހާ ބޮޑަށް އިންސެކިއުއޯވެގެން މި ސީރީޒްގައި އުޅެނީ ކީއްވެގެންކަން ކުޑަކޮށް ނަމަވެސް އެނގިއްޖެެވެ. މަނިކާއި ސަޢީދަކީ ކިހާވަރެއްގެ ގާތް ދެމީހުންކަމާ ސަޢީދުގެ އަންހެން ދަރިފުޅުގެ ހަޔާތަށް ދިމާވެފައިވަނީ ކޮންފަދަ ހާލަތެއްކަން، ކޮންމެވެސް ވަރަކަށް މިއޮތީ އެނގިފައެވެ. މި ދައްކަނީ ޑާކްރެއިން އެންޓަޓެއިންމަންޓުގެ ވެބް ސީރީޒް “ގިރިޓީ ލޯބި“ގެ ވާހަކައެވެ.

ބައިސްކޯފުގެ “އެހެނަސް” ވެބް ސީރީޒުން ހުނަރުވެރި އެކްޓިންއެއް ދެއްކި މުހައްމަދު ވިޝާލް (ރޯމަން) އާއި އަރަމުން އަންނަ ތަރި އައިމިނަތު ރަޝްފާ (އާޝާ) ލީޑް ރޯލުން ފެނިގެންދާ “ގިރިޓީ ލޯބި” ވެބް ސީރީޒްގެ ފުރަތަމަ އެޕިސޯޑް ބައިސްކޯފުން ދެއްކީ މި ޑިސެމްބަރު މަހު 07ގަ އެވެ. ކޮންމެ އަނގާރަ ދުވަހެއްގެ ރޭ މި ސީރީޒްގެ އައު އެޕިސޯޑެއް ބައިސްކޯފުން ބަލައިލެވޭނެއެވެ.

ގިރިޓީ ލޯބި“ން ފެނިގެންދަނީ ތަފާތު ރޯމަން އެކެވެ. މީގެ ކުރިން އޭނާ ފެނިފައިވާ އުފެއްދުންތަކާ އަޅައި ބަލާއިރު، އެހެން ލެވެލްއެއްގެ އެކްޓިންއެއްކަން ފުރަތަ އެޕިސޯޑުންވެސް ވަރަށް ސާފެވެ. ހަމަ އެހެންމެ އާޝާގެ ފަރާތުންްވެސް މި ސީރީޒްގައި ފެނިގެންދާނީ ބެލުންތެރިންނަށް ކަމުދާފަދަ މޮޅު އެކްޓިންއެއްކަން އެނގެއެވެ.

ގިރިޓީ ލޯބި“ގެ މުހިންމު ތަރިންގެ ތެރޭގައި ރޯމަން އަދި އާޝާގެ އިތުރުން މުޙައްމަދު މަނިކު، އަޙްމަދު ސަޢީދު، މުޙައްމަދު ފައިސަލް އަދި އާދަމް ރިޒްވީ (ރެކްސް) ފެނިގެންދާނެއެވެ. މީގެ އިތުރުން މުޅިން އާ މޫނު ތަކެއް ވެސް މި ސީރީޒުން ފެންނާނެ ކަމަށް ޑާކްރެއިން އިން ބުނެއެވެ.

20 އެޕިސޯޑުގެ މައްޗަށް އެކުލެވިގެންވާ “ގިރިޓީ ލޯބި” ވެބް ސީރީޒަކީ ޢާއިޝަތު ފުއާދު ތައުފީޤް އަދި މުޙައްމަދު ޢަލީ (މޮގާ) ޕްރޮޑިއުސްކޮށް، ޢަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ ސީރީޒްއެކެވެ. މި ސީރީޒްގެ ސްކްރީންޕްލޭ ލިޔުނީ ސްކްރީން ރައިޓަރ އަހްމަދު ޒަރީރުއެވެ.

ގިރިޓީ ލޯބި” ވެބް ސީރީޒްގެ ފުރަތަމަ ޓްރެއިލާ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ރިލީޒް ކޮށްފައިވެ އެވެ. ސީރީޒްގެ ލަވަތައް ސައުންޑް ކްލައުޑުން އަޑުއަހާލެވޭނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.