ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކުލަބު މޯލްޑިވްސް ފުޓުސަލް މުބާރާތުގެ ކުއާޓާ ފައިނަލް މިރޭ ފަށާނެ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓުސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތައް މިރޭ ފަށާނެއެވެ.

ކުއާޓާ ފައިނަލުން ޖާގަ ހޯދި 8 ޓީމަކީ ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ)، އެމްޕީއެލް، އެސްޓީއޯ، ފެނަކަ، ޕްރިޒަން ކްލަބް، އެމްއޭސީއެލް، ކްލަބް އެޗްޑީސީ އަދި އެފްއެސްއެމް އެވެ.

ކުއާޓާގެ ފުރަތަމަ މެޗުގައި މިރޭ 8:15 ގައި ބައްދަލުކުރާނީ ޕްރިޒަން ކްލަބް އާއި އެމްއޭސީލް އެވެ. ކުއާޓާގެ ދެ ވަނަ މެޗުގައި 10:15 ގައި ބައްދަލު ކުރާނީ ކްލަބް އެޗްޑީސީ އާއި އެފްއެސްއެމް އެވެ. އެފްއެސްއެމް ކުއާޓާ އިން ޖާގަ ހޯދީ ފުޓުސަލްގެ މަޝްހޫރު ތަރިން ހިމެނޭ ވެމްކޯ ކަޓުވާލުމަށް ފަހުގައި ކަން ފާހަގަކޮށްލެވެއެވެ. އެފްއެސްއެމްއާ ދެކޮޅަށް ނުކުންނަ އެޗްޑީސީ އަކީ މިފަހަރު އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އެއް ޓީމެވެ.

އާދީއްތަ ދުވަހުގެ ރޭ 8:15 ގައި އެމްޕީއެލް އާއި އާރްއާރްސީ ވާދަކުރާއިރު ކުއާޓާ ފައިނަލުގެ ފަހު މެޗުގައި އާދީއްތަ ދުވަހުގެ ރޭ 10:15 ގައި ކުޅޭނީ އެސްޓީއޯ އާއި ފެނަކަ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top