މޯލްޑިވިއަން އައިޑަލްގެ ފުރަތަ ސީޒަނުން ވިދައިލީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންގެ ސަފުގައި ގުނައިލެވޭ ޝަލަބީ އިބްރާހިމްގެ އައު ކަވަރ “އޯ ނަދާ” އަޑުއަހައިފިން ހެއްޔެވެ؟ މިއީ ފައްކާ ލަވައެއް އަޑުއަހައިލަން ބޭނުންނަމަ ދޫކޮށްލާވަރުގެ ލަވައެއް ނޫނެވެ.
“އޯ ނަދާ” އަކީ ޝަލަބީގެ ފޭނުންގެ އެދުމަކަށް ކިޔައި ސައުންޑްކްލައުޑަށް ދޫކޮށްލާފައިވާ ލަވައެކެވެ. މި ލަވައަށް އެހުންތެރިންގެ ތަރުހީބު އޮހެމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މި ލަވަ ރިލީޒްކުރިތާ ދެތިން ވަރަކަށް ދުވަސް ވީއިރު ކޮންމެ ދުވަހަކުވެސް އެ ލަވަ އެތައް ހާސް ބަޔަކު އަންނަނީ އަޑު އަހަމުންނެވެ. މިއަދާ ހަމައަށް މި ލަވަ އަޑުއެހި މީހުންގެ އަދަދު ސައްބީސް ހާހަށްވުރެން މަތީގައި އުޅޭކަން ފާހަގަކޮށްލެވެއެވެ.
“ޝަލަބީގެ “އޯ ނަދާ” ކޮމްޕޯސްކުރީ ހުސައިން ތައުފީގު އެވެ. މިއުޒިކް ހެދީ ޢަބްދުﷲ ޒުފާން ޒާހިދު އެވެ. މިކްސްކޮށް މާސްޓަރ ހެދީ ވިންފާޒް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި