ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޝަލަބީގެ ދައްތައާ އަމާން ކައިވެނިކޮށްފި

މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަންގައި ޝަލަބީ އިބްރާހިމާ އެކު މަޝްހޫރުކަން ހޯދި އިބްރާހީމް އަމާން، ޝަލަބީގެ ދައްތަ ބަލްގިޝް އިބްރާހީމްއާ ކައިވެނިކޮށް އެވެ.

އަމާން ޝަލަބީއާ އެކު މޯލްޑިވިއަން އައިޑޮލްގައި ވާދަކޮށް ގަދަ 10 ގައި ހިމެނުނެވެ. ލަވަކިޔުންތެރިއެކެވެ. އަމާން އާއި ބަލްގިޝް މިމަހު 18 ގައި ކައިވެނި ކުރުމާ އެކު މުނިފޫހިފިލުވުމުގެ ދާއިރާގެ މީހުން އަންނަނީ ސޯޝަލް މީޑިއާގައި މަރުހަބާ ކިޔަމުންނެވެ.

މޯލްޑިވިއަން އައިޑޮލް އިން ލިބުނު މަޝްހޫރު ކަމަށްފަހު އަމާން އަށް ފިލްމުތަކުން ފުރުޞަތު ލިބި މީހާރު އަންނަނީ ފިލްމު ކުޅެމުންނެވެ. ދާދިފަހުން ވަނީ އަމާން ކިޔާފައިވާ ލަވައެއް ގެ ވީޑިއޯ އިންވެސް އަމާންގެ އެކްޓިން ފެނިފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top