ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރިޓްޒް ލިރިކްސްގެ “ޖަޒްބާތު” ރިލީޒްކޮށްފި

ހިތްގައިމު ލިރިކްސްތަކެއް އުފައްދައި ނެރެމުން އަންނަ ’ރިޓްޒް ލިރިކްސް’ގެ އައު ލަވަ “ޖަޒްބާތު” ރިލީޒްކޮށްފިއެވެ. މިމަހު 20ވަނަ ދުވަހުގެ ރޭ މުުނިއަވަސް ކްލަބްހައުސް މެދުވެރިކޮށް ގެނެސްދިން ’ތޭރަ-ރާޔާ ވިތު ރިޓްޒް ލިރިކްސް ނިއު ސޯންގް ވީވީއައިޕީ‘ ޝޯގައި މި ލަވަ ރިލީޒްކޮށްދިނީ ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެކްޓަރު މޫސާ މަނިކް (ރީކޯ މޫސަ) އެވެ.

ރިޓްޒް ލިރިކްސް އިން އުއްމީދުކޮށްފައިވާ ކަންތައްތަކާ ދިވެހިރާއްޖޭގަ މުނިފޫހިފިލުވުމުގެ ދާއިރާއާއި ލޯބިވެރިންނަށާ އަދި އެހެންވެސް އިހްސާސްތައް ހުރި މީހުންނަށް ރަނގަޅަށް ކުރިމަގު ލިބޭނެ ގޮތަކަށް އަދަަބިއްޔާތުގެ ތެރޭގަ އަޚްލާޤީ މިންގަނޑުގެ ތެރޭގައި ރީތިކޮށް ލަވަ ހަދައިގެން ގެނެސްދިނުމުގައި ކުރިއަށް ދިއުމަށް ރިޒްއަށް ހިތްވަރުދޭ ކަމަށް ލަވަ ރިލީޒްކޮށްދެމުން މޫސަ ފާހަގަކުރިއެވެ.

ރޭ ރިލީޒްކުރި “ޖަޒްބާތު” ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަ) އާއި ހިތްގައިމު ލަވަތަކެއް ގެނެސްދެމުން އަންނަ ޒުވާން ލަވަކިޔުންތެރިޔާ އާމިނަތު ރާޔާ އެވެ.

’ރިޓްޒް ލިރިކްސް’ އިން ޕްރޮޑިއުސްކޮށް ނެރެފައިވާ “ޖަޒްބާތު” ލަވައިގެ މިއުޒިކް ހަދައިދިނީ ޙުސައިން ތަޢުފީޤެވެ.

’ރިޓްޒް ލިރިކްސް’ ކަރޯކޭ ޗެނަލްވެސް ރެއިން ފެށިގެން ހުޅުވައިލެވިފައި ވާކަމަށް އާމިނަތު ރިޒްނީ (ރިޒް) ރޭގެ ޝޯވގައި ވާހަކަދައްކަމުން ބުނެފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top