ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުން ކާމިޔާބީ ހާސިލްކުރަމުން އަންނަ އަންހެނުންގެ އަގުވަޒަންކޮށް ހިތްވަރު ދިނުމަށް ‘ވިމަން އައިކަން އެވޯޑް’ގެ ނަމުގައި ދެމުން އަންނަ އެވޯޑުން ‘އައުޓް ސްޓޭންޑިން ވިމަން އެވޯޑް’ ރާއްޖޭގެ މަޝްހޫރު ނެށުންތެރިޔާ އަދި އަމިއްލަ ޕްރޮޑަކްޓްތަކެއް ނެރެ ކާމިޔާބުކަމާއެކު ވިޔަފާރިކުރަމުން އަންނަ ސުނީތާ ޢަލީއަށް ލިބިއްޖެއެވެ.

ސުނީތާ އަށް ‘އައުޓް ސްޓޭންޑިން ވިމަން އެވޯޑް’ ލިބިފައިވަނީ ‘ސުނީ ސްޕެޝަލް ޕްރޮޑަކްޝަން’ގެ ދަަށުން ކުރަމުން އަންނަ ވިޔަފާރިއަށް ބަލާފައެވެ. ވިމަން އައިކަން އާއި ޓައިމްސް ވިމަން ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ދަށުން ސުނީއަށް ލިބިފައިވަނީ ނަންބަރު ވަން، ވިމަން އެކްސެލެންސް އެވޯޑެވެ.

މިމަހު ކުރީކޮޅުވެސް ސުނީއަށް ބައިނަލްއަޤްވާމީ ދެ އެވޯޑެއް ލިބިފައިވެއެވެ. ސުނީތާއަށް ލިބިފައިވަނީ ”އޭޝިއާސް އައުޓްސްޓޭންޑިން ވުމަން އެޗީވަރ“ އެވޯޑާއި، ”އޭޝިއާސް އައުޓްސްޓޭންޑިންގ ބްރޭންޑް“ އެވޯޑެވެ. އޭޝިއާ އެވޯޑަކީ ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން އޭޝިއާ ބައްރުން ފާހަގަކޮށްލެވޭ ތަފާތު ޝަޚްސިއްޔަތުތަކާއި ވިޔަފާރިތައް ފާހަގަކޮށް، ދެމުން އަންނަ އެވޯޑެކެވެ. މިއީ އޭޝިއާ ސަރަޙައްދުގައި ދެވޭ މިފަދަ އެންމެ ޝަރަފުވެރި އެއް އެވޯޑްވެސްމެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.