”ޓާރމިނޭޓާރ“ ފަދަ ވަރުގަދަ ފިލްމުތައް ކުޅެފައިވާ ހޮލީވުޑްގެ މަޝްހޫރު ތަރި އާނޯލްޑް ޝްވެޒްނެގާ އާއި އަންހެނުން މަރިއާ ޝްރައިވާގެ ވަރީގެ މައްސަލަ ކޯޓްގައި އޮންނަތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން، އެ މީހުންގެ ކައިވެނީގެ ގޮށް މިދިޔަ އަންގާރަ ދުވަހު ރަސްމީކޮށް މޮހެލައިފި އެވެ.
އާނޯލްޑާއި ޝްރައިވާ ވަކިވާން އުޅޭކަން މީޑިއާއަށް ހާމަކުރާ 2011ވަނަ އަހަރު ގަވަރުނަރު ކަމުން ވަކިވި ހިސާބުންނެވެ.
1986 ގައި ކުރެވުނު ކައިވެނީގައި ކުނިޖެހުމުގެ އަސްލަކަށްވީ ގޭގައި ގެންގުޅުނު މީހެއް ކަމަށްވާ މިލްޑްރެޑް ޕެޓްރީޝިއާ ބައޭނާއާ އެކު އާނޯލްޑް ބޭއްވި ގުޅުމަކުން ދަރިއަކު ލިބުނުކަން ފަޅާއެރުމުންނެވެ. އެ ދަރި އަކީ މިހާރު އުމުރުން 24 އަހަރުގެ ޖޯސެފް ބައޭނާ އެވެ.

އެމެރިކާގެ ލޮސް އެންޖެލިސް (އެލްއޭ)ގެ ސުޕީރިއާ ކޯޓްގައި އޮތް ވަރީގެ މައްސަލަ އެހާ ބޮޑަށް ދިގުލައިގެން ދިޔައީ ވަރީގެ ބަދަލާ ގުޅޭ ގޮތުން ދިމާވި މައްސަލަތަކާ ހެދި އެވެ. ނަމަވެސް މިހާރު ރަސްމީކޮށް ދެ މީހުންގެ މުދާތައް ބަހާލައި، އޭގެ ތެރެއިން ބޮޑު ބައެއް މަރިއާ އަށް ލިބިފައިވެ އެވެ.
ކެލިފޯނިއާގެ ގަވަރުނަރުކަން ވެސް ކުރި އާނޯލްޑާއި މަރިއާ އަށް ލިބިފައި ވަނީ ހަތަރު ދަރިންނެވެ. އެއީ ކެތެރީން ޝްވެޒްނެގާ، 32، އާއި ޕެޓްރިކް ޝްވެޒްނެގާ، 28، އާއި ކްރިސްޓޮފާ ޝްވެޒްނެގާ، 24، އިތުރުން ކްރިސްޓީނާ ޝްވެޒްނެގާ، 30، އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




