އެކެޑަމީގެ ކޮންސަލްޓަންޓެއްގެ ގޮތުގައި ޗެލްސީގެ ކުރީގެ ކެޕްޓަން އަދި ލެޖެންޑް ޖޯން ޓެރީ އެނބުރި އެ ކުލަބާ އަލުން ގުޅިއްޖެއެވެ.
ކުޅުން ހުއްޓާލުމަށް ފަހު އެސްޓަން ވިލާގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި 2018 އިން 2021 އަށް މަސައްކަތް ކުރި ޓެރީ ޗެލްސީއާ އެކު ކުޅުންތެރިއެއްގެ ގޮތުގައި ހޭދަކުރި 15 އަހަރުގެ ތެރޭގައި 15 ތަށި ހޯދާފައިވެއެވެ. ޗެލްސީ ދޫކޮށް ޓެރީ އޭނާގެ ކެރިއަރުގެ ފަހު އަހަރު ކުޅުނީ އެސްޓަން ވިލާއަށެވެ.
ޗެލްސީގެ އެކެޑަމީގައި އަންނަ މަހުން ފެށިގެން ޓެރީ ޕާޓް ޓައިމްކޮށް ކުޅުންތެރިންނާއި ކޯޗުންނާއެކު މަސައްކަތްކުރާނެއެވެ.
ޗެލްސީގެ ހެޑް އޮފް ޔޫތު ޑިވެލޮޕްމަންޓް ނީލް ބާތު ބުނީ ކުޅުންތެރިއެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި ޓެރީ ހޯދާފައިވާ ތަޖުރިބާގެ ސަބަބުން، އެކެޑަމީގެ ކުޅުންތެރިންނަށް ފައިދާކުރާނެ ކަމަށެވެ.
ކިޔުންތެރިންގެ ޚިޔާލު
