ޕާކިސްތާން ޓީވީ ޗެނަލް އޭ.އާރް.ވައި ޑިޖިޓަލްގެ ޑްރާމާ ސިލްސިލާ ”މޭރޭ ހަމްސަފަރް“ ރޭގައި ދައްކަން ފަށައިފިއެވެ.
ފާކިސްތާނުގެ ފިރިހެނަކު ޤައުމުން ބޭރު އަންހެނަކާ ކައިވެނިކޮށް ހާލާ ނަމަކަށް ކިޔާ އަންހެންކުއްޖަކު ލިބުމަށްފަހު އެމީހުން ދޫކޮށްލާފައި ދިޔުމުން ދެން ވާގޮތް މި ޑްރާމާގައި ކިޔައިދޭނެއެވެ. އަދި ހާލާ ޒުވާންވެ ހަމްޒާ ނަމަކަށް ކިޔާ ފިރިހެނަކާއި ދެމެދު ހިނގާ ލޯބީގެ ކަންތައްތަކެއް މި ޑްރާމާއިން ކިޔައިދޭނެކަމަށް ވެއެވެ.
ފަރްހާން ސަޢީދު އާއި ހާނިއާ އާމިރު ލީޑް ރޯލުން ފެނިގެންދާ މި ޑްރާމާގެ މައިގަނޑު ރޯލުތަކުން ފެނިގެންދާ އެހެން ތަރިންގެ ތެރޭގައި ވަސީމް އައްބާސް، ޢަލީ ޚާން، ސަމީނާ އަޙްމަދު، ސަބާ ހަމީދު އަދި އާމިރު ޤުރޭޝީ ފަދަ ތަރިން ހިމެނެއެވެ.
ސާއިރާ ރާޒާ ލިޔެ، ޤާސިމް ޢަލީ މުރީދު ޑައިރެކްޓްކޮށްފައިވާ ”މޭރޭ ހަމްސަފަރް“ ގެ އާ އެޕިސޯޑެއް ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ ރާއްޖެ ގަޑިން 8:00 ގައި ދައްކާގޮތަށް ވަނީ ނިންމާފައެވެ. އަދި އޭގެ އިތުރުން އޭ.އާރް.ވައި ޑިޖިޓަލްގެ ރަސްމީ ޔޫޓިއުބް ޗެނަލް އިންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




