ޑާކްރެއިން އެންޓަޓެއިންމެންޓުން މާޗް 04 ގައި ރިލީޒްކުރާ ފިލްމު ‘ވަކިން ލޯބިން’ ގެ ރަސްމީ ފުރަތަމަ ޓްރެއިލަރ މުނިއަވަސް އިން އެންމެ ފުރަތަމަ ޢާއްމުކުރާގޮތަށް ހަމަޖެހިއްޖެ އެވެ.
ޑާކްރެއިން އެންޓަޓެއިންމެންޓުން މި ފުރުޞަތު މުނިއަވަސް އަށް ދިނުމަށް ނިންމާފައިވާކަމަށް ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮޮގަރ) މިއަދު ވަނީ ހާމަކުރައްވާފަ އެވެ.
“އަޅުގަނޑުމެން ބޭނުންވަނީ މުނިއަވަސް އިން އެންމެ ފުރަތަމަވެސް ‘ވަކިން ލޯބިން’ ގެ ފުރަތަމަ ޓްރެއިލަރ ދައްކާލުމަށް.” ފޯނުން މޮގަރ ވިދާޅުވި އެވެ.
މުނިއަވަސް އަކީ މުނިފޫހިފިލުވުމުގެ ދާއިރާ ކުރިއެރުވުމުގައި ދާއިރާގެ ފަންނާނުންނާއި ވީހައިވެސް ގާތުން މަސައްކަތް ކޮށް ފަންނުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރަމުން އަންނަ އަމިއްލަ، މިނިވަން އޮންލައިން ނޫހެކެވެ.
މުނިފޫހިފިލުވުމުގެ ދާއިރާ ބޭފުޅުންގެ އެހީތެރިކަން ވަރަށް އެދެވޭ ގޮތެއްގައި އަބަދުވެސް މުނިއަވަސް އަށް ލިބެމުން އަންނަކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން ފިލްމީ އަދި މިއުޒިކީ ދާއިރާގެ ގިނަ ޚަބަރުތަކެއް މީޑިއާ އަށް އެންމެ ފުރަތަމަ ފަހަރަށް އާއްމުކުރުމުގެ ފުރުޞަތުތައް އަންނަނީ މުނިއަވަސް އަށް ލިބެމުންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!