އެއްމާބަނޑު ދެބެއިން ނުވަތަ ނިބޫއެއް ދެ އަހަރެއްގައި އުފަންވި ވާހަކަ އަޑުއެހިން ހެއްޔެވެ؟ ދެބެއިންގެ އުމުރުގައި ހުރީ އެންމެ 15 މިނެޓުގެ ތަފާތެކެވެ. ނިބޫ ބޭބެ އުފަންވީ 2021ގައެވެ. ނިބޫ އަންހެން ކޮއްކޮ އުފަންވީ 2022 ވަނަ އަހަރުއެވެ.
“މި ދެބެއިން ނިބޫ ދެބެންނަށް ވުމަކީ ވަރަށް ހައިރާންވާން ޖެހޭ ކަމެއް. ދެބެންގެ އުފަން ދުވަހަކީ ދެ ދުވަހެއް. ދެ އަހަރެއް.” ނިބޫ ދެބެން ކަމަށްވާ އެލްފްރެޑޯ އާއި އައިލިންގެ މަންމަ ފާތިމާ މެޑްރިގަލް ބުންޏެވެ.
މިއީ އެމެރިކާގެ ކެލިފޯނިއާއަށް އުފަންވި ނިބޫ ދެބެންގެ ވާހަކައެވެ. ދެބެން އުފަންވީ ދެ ތާރީޚެއްގައެވެ. ދެ ދުވަހެއްގައެވެ. ދެ މަހެއްގައެވެ. ދެ އަހަރެއްގައެވެ. މިއީ ވަރަށް މަދުން ނޫނީ ނުހިނގާ ފަދަ ކަމެކެވެ.
31 ޑިސެމްބަރު 2021 ވަނަ ދުވަހުގެރޭ 11:45ގައި ކެލިފޯނިއާގެ ގްރީންފީލްޑަށް ނިސްބަތްވާ ފާތިމާ މެޑްރިގަލް އަދި ރޮބާރޓް ޓްރުޖިލޯ އަށް އެމީހުންގެ ފިރިހެން ދަރިފުޅު އެލްފްރެޑޯ ލިބުނެވެ. އޭގެ 15 މިނެޓް ފަހުން، ގަޑިން ސުންގަޑިސުންމިނެޓް ހިނގި ވަގުތު ނިބޫ ދެބައިންގެ ތެރެއިން ހަގު ދަރިފުޅު އައިލިން އުފަންވިއެވެ.
އައިލިން އުފަންވިއިރު، ބަރުދަނުގައި ހުރީ 2.26 ކިލޯގްރާމެވެ. އެލްފްރެޑޯގެ ބަރުދަނުގައި ހުރީ 2.72 ކިލޯގްރާމެވެ.
“އަހަރެން ހައިރާންވި އަދި ވަރަށް އުފާވެސްވި.” ނިބޫ ދެބެއިން އުފަންވި ‘ނޭޓިވިޑޭޑް މެޑިކަލް ސެންޓަރ’ އިން ނެރުނު ނޫސްބަޔާނެއްގައި ދެކުދިންގެ މަންމަ ފާތިމާ މެޑްރިގަލް އަށް މި ލިބުނު އާދަޔާޚިލާފު އުފާވެރިކަން ބަޔާންކުރަމުން ބުނެފައިވެއެވެ.
ފާތިމާ ވިއްސި ‘ނޭޓިވިޑޭޑް މެޑިކަލް ސެންޓަރ’ގެ އާއިލީ ޑޮކްޓަރު އަނާ އެބްރިލް އަރިއާސް އެ ބަޔާނުގައި ބުނެފައިވަނީ މިއީ އޭނާގެ ކެރިއަރުގައި އެންމެ ހަނދާނުން ފޮހެލަން ދަތި ވިއްސުން ކަމަށެވެ.
“މި ދެބެއިން ރައްކާތެރިކަމާއެކު މި ދުނިޔެއަށް އުފަންކުރުމުގެ މެދުވެރިއެއްގެ ރޯލު އަދާކުރެވުން މިއީ އަހަންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް.” އެ ޑޮކްޓަރު ބުންޏެވެ. “މި ކޮށްލެވުނީ އައު އަހަރެއް ފެށުމަށް ކިހާ ފައްކާ ކަމެއް!”
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!