އާންމުކޮށް ތެލުގޫ ފިލްމުތަކުގައި މަސައްކަތްކުރާ ބަތަލު ޕްރަބާސް އާއި ބަތަލާ ޕޫޖާ ހެގްޅޭ ލީޑުން ފެނިގެންދާ ”ރާދޭ ޝިޔާމް“ ރިލީޒްކުރުން އަނެއްކާވެސް ފަސްކޮށްފިއެވެ.
ކުރިން މިމަހުގެ 14 ގައި ރިލީޒްކުރަން ތާވަލުކުރި ”ރާދޭ ޝިޔާމް“ ރިލީޒްކުރުން ފަސްކުރީ ކޮވިޑްގެ އާ ވޭރިއަންޓް ކަމަށްވާ އޮމިކްރޯން ވޭރިއަންޓް ހަލުވިކަމާއެކު އިންޑިއާގައި ފެތުރެމުންދާތީ ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ. މިމަހު 14 ގައި ފިލްމު ރިލީޒް ނުކުރާގޮތަށް ނިންމިއިރު، މިއީ މި ޕީރިއަށް ރޮމޭންޓިކް ޑްރާމާ ރިލީޒްކުރުން ފަސްކުރި ދެވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ފުރަތަމަ މި ފިލްމު ރިލީޒްކުރަން ތާވަލުކުރީ މިދިޔަ އަހަރުގެ ޖުލައި 30 އަށެވެ. އެފަހަރުވެސް ފިލްމު ރިލީޒްކުރުން ފަސްކުރީ ކޮވިޑްގެ ކޭސްތައް އިތުރުވުމާއި ގުޅިގެންނެވެ.
1970 ގެ ތެރޭގައި ޔޫރަޕުގައި ހިނގާ ކަންތައްތަކެއް ކިޔައިދޭ ”ރާދޭ ޝިޔާމް“ އަކީ ޓީ-ސީރީޒާއި ޔޫވީ ކްރިއޭޝަންސް އިން ޕްރޮޑިއުސްކޮށް ރާދާ ކްރިޝްނާ ކުމާރް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ޕްރަބާސްގެ އާ ފިލްމު ރިލީޒްކުރުން ފަސްކޮށްފައި މިވަނީ ބޮޑެތި ގިނަ ފިލްމުތަކެއް ރިލީޒްކުރުން ފަސްކޮށްފައި ވަނިކޮށެވެ. އެގޮތުން ރިލީޒްކުރުން ފަސްކުރި ފިލްމުތަކުގެ ތެރޭގައި ޝާހިދު ކަޕޫރްގެ ކްރިކެޓް ފިލްމު ”ޖާރޒީ“ އާއި އެސްއެސް ރާޖަމޯލީގެ ބޮޑު ފިލްމު ”އާރްއާރްއާރް“ އާއި އަކްޝޭ ކުމާރްގެ ”ޕްރިތުވިރާޖް“ ހިމެނެއެވެ.
”ރާދޭ ޝިޔާމް“ ރިލީޒްކުރުން ފަސްކުރިއިރު، އަލުން ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި އިޢުލާނެއް ނުކުރެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




